ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސިޔާސީ ދެބަސްވުންތަކަކީ އާއިލީ އަރައިރުމެއްގެ ގޮތުގައި ސިފަކުރުމަކީ އެ ދެ ބޭފުޅުންގެ ތޫނުފިލިކަމަށް ކުރެވޭ މަލާމާތެއް ކަމަށް، ރައީސް ޞާލިޙުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.
ފަޒްނާ މިހެން ވިދާޅުވެފައިވަނީ މިފަހަކަށް އައިސް ގިނަ ބަޔަކު މިކަމާ ގުޅިގެން ދައްކަމުން އަންނަ ވާހަކަތަކާ މެދު އެކަމަނާގެ ހިޔާލު މީސްމީޑިއާގައި ހިއްސާ ކުރަށްވަމުންނެވެ.
އެގޮތުން ފަޒްނާ ވިދާޅުވީ ސިޔާސީ ގޮތުން އޮތް ދެބަސްވުމަކަށް "އާއިލީ އަރާރުން" ކިއުމަކީ ހަމައެކަނި ރައީސް ނަޝީދު އާއި ރައީސް ސޯލިހުގެ ތޫނުފިލިކަމަށް ކުރެވޭ މަލާމާތެއް ނޫން ކަމަށެވެ. އަދި މިފަދަ ހަނި ވިސްނުންތަކަކީ އެމްޑީޕީގައި ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި ފުޅާ ދާއިރާއެއްގައި ވިސްނުމަށް އެޅޭ ހުރަހެއް ކަމުގައި ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ފަޒްނާ ވިދާޅުވީ، މަދަރުސީ ދައުރުން ފެށިގެން ރައީސް ނަޝީދާއި ރައީސް ޞާލިޙަކީވެސް އެއްކަހަލަ ކަންކަމަށް ޝައުގުވެރިކަން ހުރި ގާތް އެކުވެރިންކަމަށެވެ. އޭގެ ތެރޭގައި ފޮތް ވިދާޅުވުމާއި، ދިވެހިރާއްޖެ އާއި ދުނިޔޭގެ ތާރީޚީ، ސިޔާސީ، އިގްތިސާދީ ކަންކަމާ ގުޅޭ އެކިއެކި ފޮތްތަކާއި ލިޔުންތައް ކިޔުއްވުން ހިމެނޭކަން ފަޒްނާ ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ނޫސްވެރިކަމާއި ލިޔުންތެރިކަމަކީ ވެސް ދެބޭފުޅުންގެ ޝައުގުވެރިކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުޅިވަރު ކުޅުމާއި ކުޅިވަރު ކުޅޭތަން ބަލަން ދިއުމާއި، މިޔުޒިކު އަޑުއެހުމާއި، ރާޒުވާ ކުޅުމާއި ކަޅުސައި ބުއިމަކީ ވެސް ދެބޭފުޅުން އެކުގައި ކުރެއްވި ކަންކަން ކަމަށް ފަޒްނާ ވިދާޅުވެފައިވެއެވެ.
އޭގެއިތުރުން ފަޒްނާ ވިދާޅުވީ، ދެބޭފުޅުންގެ ޝައުގުވެރިކަން އެއްގޮތް ގިނަ ކަންތައްތަކެއް ހުރި ނަމަވެސް ދެބޭފުޅުންގެ މިޒާޖު ތަފާތު ކަމަށެވެ. އެހެންނަމަވެސް ސިޔާސީ ކަންކަން ހިމެނޭ ގޮތަށް ކޮންމެ ކަމެއްގައިވެސް އެއްބަސްވެވޭ ކަންކަމާއި، ދެބަސްވުމަށް އެެއްބަސްވެ ދެބޭފުޅުން އެކުގައި ކުރައްވައި ކާމިޔާބު ކުރެއްވި ކަންކަން މަދުނުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އަރައިނުގަނެވިގެން މި އުޅެނީ ދެބޭފުޅުން އެއް ގޮޑިއެއްގައި އިށީންދެވަޑައިގަންނަވަން ބޭނުންވި ހިސާބުން ނޫންތޯ ފަޒްނާ ސުވާލުކުރެއްވިއެވެ.
"މިއީ އެމްޑީޕީއަށް އާ ކަމެއް ނޫނެވެ. ތާރީޚް ބައްލަވާށެވެ. މިފަހަރު މިކަމަށް އާއިލީ އަރާރުން ކިއުމަކީ އެ ދެބޭފުޅުންގެ ތޫނުފިލިކަމަށް ކުރެވޭ މަލާމާތެކެވެ. އަދި އެމްޑީޕީގައި ހުރި ކަންކަން ހައްލުކުރުމަށް އެޅޭ ހުރަހެއްވެސްމެއެވެ،" ފަޒްނާ ވިދާޅުވިއެވެ.
ހަމައެއާއެކު ފަޒްނާ ވަނީ ލީޑަރުން މަސައްކަތް ކުރަންވާނީ ލީޑަރޝިޕްގެ ތަރަހައިގެ ތެރޭގައި ކަމަށް ވިދާޅުވެފައެވެ. އެގޮތުން "އޭނާ ބުނި މީނާ ބުނި އޭނާ އެހެން ހެދީމާ މިހެންވި" ކިޔާ އެކަކު އަނެކަކަށް އިނގިލި ދިއްކުރުމަކީ ރަނގަޅު، ހަރުދަނާ ލީޑަރުންގެ ސިފައެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ފަޒްނާ ވިދާޅުވިއެވެ.
އަދި އެއްވެސް މުއައްސަސާއަކީ މައްސަލައިން ބަރީއަވެފައި އޮންނާނެ މުއައްސަސާއެއް ނޫން ކަމަށާއި، މުހިންމީ ކަންކަން ހައްލުކުރުމުގެ ރޫހެއްގައި އިށީނދެ ޕާޓީއާއި ޕާޓީގެ ލީޑަރުންނާއި ލީޑަރޝިޕްގައި ހުރި އުނިސިފަތަކުގެ ވާހަކަ ކެރިގެން އަޑުއަހައި އެކަންކަން ހައްލުކުރުން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ފަޒްނާ މިހެން ވިދާޅުވެފައިވާއިރު، ގިނަ އަހަރުތަކެއް ވަންދެން ގާތް އެކުވެރިންގެ ގޮތުގައި ތިއްބެވުމަށް ފަހު، ރައީސް ޞާލިޙް ވެރިކަމަށް ވަޑައިގަތް ފަހުން ރައީސް ނަޝީދާއި ރައީސް ޞާލިޙާއި ދެބޭފުޅުންގެ ދެމެދު ސިޔާސީ ދެބަސްވުންތައް އުފެދި، އެމްޑީޕީ ވަނީ ދެބައިވެފައެވެ. އޭގެ ފަހުން ރައީސް ނަޝީދު އެ ޕާޓީން އިސްތިއުފާ ދެއްވިއިރު، ރިޔާސީ ދެވަނަ ދައުރެއް ހޯއްދެވުމުގައި ރައީސް ޞާލިޙް ވަނީ ނާކާމިޔާބުވެފައެވެ.
އޭގެފަހުން މީގެ ދެދުވަސްކުރިން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ފައްޔާޒް އިސްމާއީލް ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމާއެކު، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެމްޑީޕީ ތެރޭގައި ވާދަވެރިކަން އަނެއްކާ ވެސް ވަނީ ބޮޑުވެފައެވެ. އަދި މިދިޔަ ޖޫން މަހު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތް ރައީސް ނަޝީދާއި ރައީސް ޞާލިޙުގެ ސިޔާސީ ވާދަވެރިކަންވެސް މިވަނީ ބޮޑުވާން ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު