ޒުވާނުންގެ މުޒާހަރާތަކުގައި އިސްކޮށް އުޅުނު ޝިމަންއާއި މަހްޒޫމް
ޒުވާނުންގެ މުޒާހަރާތަކުގައި އިސްކޮށް އުޅުނު ޝިމަންއާއި މަހްޒޫމް
މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެރޭ ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދުމަށް ގޮވާލައި މާލޭގައި ޒުވާނުން ކުރި މުޒާހަރާތަކުގައި އިސްކޮށް އުޅުނު އަބްދުﷲ މަހުޒޫމް މާޖިދު އާއި އައިޝަތު ޝިމަންގެ މައްޗަށް ކޮށްފައިވާ ދަޢުވާތައް އަނބުރާ ގެންދިއުމަށް ޕީޖީ އޮފީހުން ނިންމައިފިއެވެ.

އެ މައްސަލާގައި މަހްޒޫމްގެ މައްޗަށް ކުރީ އަނިޔާއެއް ކުރުމުގެ ދަޢުވާ އެވެ. އަދި ޝިމަންގެ މައްޗަށް ކުރީ ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދަޢުވާ އެވެ.

ޕީޖީ އޮފީހުން ބުނީ އެ ދެ ދަޢުވާ ކުރިއަށް ނުގެންދަން ނިންމީ އެ ދެ މީހުންގެ އިތުރު ކުށުގެ ރެކޯޑެއް ނެތުމާއި އެ މީހުންގެ އަމަލުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާތީ ކަމަށެވެ.

ޔުމްނުގެ މައްސަލައިގައި އިންސާފަށް ގޮވާލައި ޒުވާނުން ކުރި ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މަހުޒޫމާއި ޝިމަން ތިން ދުވަހަށް ހައްޔަރު ވެސް ކުރިއެވެ. ނަމަވެސް، އޭގެފަހުން، ބަންދު މުއްދަތު ހަމަނުވަނީސް ފުލުހުން ވަނީ އެ މީހުން ދޫކޮށްލާފައެވެ.

މަހުޒޫމް އާއި ޝިމަންގެ މައްޗަށް ކޮށްފައިވާ ދަޢުވާތައް އަނބުރާ ގެންގޮސްފައިވާއިރު، ޔުމްނުގެ މައްސަލަ ތަހުގީގު ކުރުމަށް އެކުލަވާލި ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވަނީ، ޔުމްނު ވެއްޓުނު ޙާދިސާގެ ރިޕޯޓަށް އޭނާގެ ބަޔާން އެ ކޮމިޝަނަށް ލިބިފައި ނުވާ ކަމަށެވެ. އަދި ފުލުހުންވެސް ބުނެފައިވަނީ މިހާތަނަށް ޔުމްނުގެ ބަޔާން އެ އިދާރާއަށް ލިބިފައިނުވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް