އެއްވެސް ފަރާތެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނުކަމަށް ވާނަމަ އެކަމަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިލިމާލޭ ރައްޔިތުންނާ ބައްދަލުކުރެއްވި ޖަލްސާގައި، ފަސް ދަރިންގެ މަންމައެއް އޭނާ ޒަކާތު ފައިސާއަށް ޝަރުތު ހަމަނުވާ ކަމަށް ބުނެ ހިޔާލުފާޅުކުރުމުން އެކަމުގެ ޙަޤީޤަތް ޑރ. ޝަހީމް ހާމަކުރުމުން ކުރިމަތިވި ފާޑުކިއުންތަކާ ގުޅިގެންނެވެ.
އެމީހާ ދެއްކި ވާހަކަތަކުގެ ޙަގީގަތް ހާމަކުރަށްވަމުން އެ އަންހެން މީހާގެ އެކައުންޓުގައި 75،000 ރުފިޔާ ހުރިކަމާއި، ޒަކާތު ފަންޑުން 15،500 ރުފިޔާ ލިބިފައިވާކަމުގެ އިތުރުން މަހަކު 22،000 ރުފިޔާއަށްވުރެ ގިނަ ފައިސާ ލިބޭކަން ފޭސްބުކް ޕޯސްޓެއްގައި ޑރ. ޝަހީމް ހާމަކުރެއްވިއެވެ. އަދި ފަހުން އެ ޕޯސްޓް ވަނީ ޑިލީޓް ކުރައްވާފައެވެ.
އޭގެފަހުން ޑރ. ޝަހީމް މީސްމީޑީއާގައި ވިދާޅުވީ، އެކަންތައްތައް ހާމަކުރެއްވީ ހަގީގަތް އޮޅޭގޮތަށް ވާހަކަ ދެއްކުމުން، ޒަކާތާ ގުޅޭ ސައްހަ މައުލޫމާތު އާންމުންނަށް ދިނުމަށް ކަމަށެވެ. އަދި، އެ ބޭފުޅާގެ އިންސާނީ ޝުއޫރަށް އިހުތިރާމްކުރާ ކަމަށާއި، ދެންނެވި ވާހަކައިން އެނޫން މާނައެއް ނެގުނު ނަމަ ނުވަތަ ޒާތީ މައުލޫމާތު ހާމަކުރެވުނުކަމަށް ވާނަމަ، ނިހާޔަތަށް މައާފަށް އެދޭ ކަމަށް ޑރ. ޝަހީމް ހާމަކުރެއްވިއެވެ.
އޭގެއިތުރުން ޑރ. ޝަހީމް ވިދާޅުވީ، ޒަކާތު ހައުސްއިން އެއްވެސް ރައްޔިތަކާމެދު ދެރަކޮށް ކަންކަން ނުކުރާނެ ކަމަށާއި، އެތައް މިލިއަން ރުފިޔާގެ އަމާނާތް އަދާކުރަނީ އަދުލުވެރިކަމާއި އިންސާފުން އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތީން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު