ހުޅުމާލޭގައި އިތުރު ހޮސްޕިޓަލެއް އެޅުމުގެ މަޝްވަރާތައް ކުރަމުން ދާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ނާޒިމް މިގޮތަށް ވިދާޅުވީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން ރާއްޖޭގެ ވަރަށް ބޮޑު އާބާދީއެއް ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޅެމުން އަންނަ ކަމަށާއި އެ ތަނުގެ ސިއްހީ ނިޒާމުގެ ކަންކަން ވަރަށް ބޮޑަށް އޮތީ ރަނގަޅު ކުރަން ޖެހިފައި ކަން ފާހަގަކުރައްވަމުން މެމްބަރު ވަނީ ހުޅުމާލެ އުތުރުގައި ގާއިމްކުރާ ޓާޝަރީ ހޮސްޕިޓަލްގެ މަސައްކަތް ފެށިގެންދާނީ ކޮން އިރަކުތޯ ވިދާޅުވެ މިނިސްޓަރ ނާޒިމާ ސުވާލުކުރައްވާފައެވެ. މެމްބަރު މިގޮތަށް ސުވާލުކުރެއްވި ނަމަވެސް، މިއީ ސަރުކާރުން މީގެ ކުރިން އިއުލާންކުރި މަޝްރޫއުއެއް ނޫނެވެ.
މެންބަރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ އާބާދީ އިތުރުވާ ކޮންމެ ތަނަކަށް ސިއްހީ ހިދުމަތް ދިނުމުގައި އަބަދުވެސް ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށެވެ. އެ ގޮންޖެހުންތަކުން އަރައިގަތުމަށް މި ސަރުކާރުގެ ސިޔާސަތަކީ ހުޅުމާލޭގައި އިތުރު ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުން ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މި މަޝްރޫއާ ގުޅޭ މަޝްވަރާތައް މިހާރު ކުރެވެމުންދާ ކަމަށާއި، މި މަޝްރޫޢު ރޭވިފައިވަނީ އިންޓަނޭޝަނަލް ޑޯނާއަކަށް ނުވަތަ އިންޓަނޭޝަނަލް ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ގެންދިއުމަށް ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.
މަޝްރޫޢުގެ އިތުރު ތަފްސީލެއް ހާމަ ނުކުރެއްވި ނަމަވެސް ނާޒިމް ވަނީ މިކަން ވަރަށް އަވަަހަށް ހަގީގަތަކަށް ވެގެންދާނެ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު