ރައީސް މުއިއްޒުއާއި މަހްލޫފް-
ރައީސް މުއިއްޒުއާއި މަހްލޫފް-
ޖަޕާނަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް މިފަހުން ޕީއެންސީއާ ގުޅިވަޑައިގެންނެވި އަހުމަދު މަހްލޫފު އަންޔަނު ކުރުމަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމު ހުސްވީ މީގެ ކުރިން އެ މަގާމުގައި ހުންނެވި ހަސަން ސޯބިރު މިދިޔަ ޖުލައި މަހު އަވަހާރަވުމާ ގުޅިގެންނެވެ.

ރައީސް މުއިއްޒު ވެރިކަމަށް ގެނައުމާ ދެކޮޅަށް ގަދައަށް ކެމްޕޭން ކުރެއްވި މަހްލޫފް ޖަޕާނު ސަފީރުކަމަށް އައްޔަނުކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވި މައްސަލަ ވަނީ ހާރިޖީ ގުޅުންތަކުގެ ކޮމެޓީއަށް ފޮނުވާފައެވެ.

މަހްލޫފްގެ ސިޔާސީ ހަޔާތް ފެއްޓެވީ ޑީއާރުޕީންނެވެ. މިހާރުގެ ގާނޫނުއަސާސީގެ ދަށުން އިންތިހާބުކުރި ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް ގަލޮޅު ދެކުނު ދާއިރާއިން މަހްލޫފް އިންތިހާބުވެވަޑައިގެންނެވީ ވެސް ޑީއާރުޕީގެ ޓިކެޓުގައެވެ.

ޑީއާރުޕީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިން 2011ގައި އުފެއްދި ޕީޕީއެމްއާ މަހްލޫފް ވެސް ގުޅިވަޑައިގެންނެވިއެވެ. އޭނާ ޕީޕީއެމް އާ ދުރަށް ޖެހިވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެމެދު ހިޔާލުތަފާތުވުން އުފެދުމުންނެވެ.

އޭގެ ފަހުން އޭނާ ވަނީ 2018 ގެ ރިޔާސީ އިންތިހާބަށް ފަހު އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. ކުރީ ސަރުކާރުގައި އޭނާ ވަނީ ޔޫތު މިނިސްޓަރުކަންވެސް ކުރައްވާފައެވެ. އޭނާ އެމްޑީޕީން ވަކިވެ ވަޑައިގެންނެވީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް