ދައުލަތުގެ ފައިސާއިން ކޮރަޕްޝަނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބޮޑު ބައެއް ހޭދަކުރަމުން އެބަ ދާކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ އަދި ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
ޖަމީލް މިހެން ވިދާޅުވެފައި މިވަނީ އެމްއެމްޕީއާރްސީ މައްސަލައިގައި މަނީ ލޯންޑަރިން ކުރިކަމުގެ ތުހުމަތު ކުރެވޭ ކުރީގެ ބަންޑާރަ ނައިބުގެ މައްޗަށް އުފުލާފައިވާ ދައުވާ އަނބުރާ ގެންދިއުމާ ގުޅިގެންނެވެ.
ރައީސް މުއިއްޒު ވެރިކަމަށް އައީ އެމްއެމްޕީއާރްސީ މައްސަލަ ވެސް އިންސާފުވެރިކަމާއެކު ބަލާނެކަމުގެ ވައުދާއެކުގައެވެ. އަދި އެކަމުގައި ޝާމިލުވި ހުރިހާ އެންމެންނަށް ހައްގު އަދަބު ދެއްވާނެކަމަށާއި ކުރީ ސަރުކާރުން ރައީސް ޔާމީން އަބްދުލްގައްޔޫމްގެ މައްސަލަ އެކަނި ބެއްލެވީ ބޭއިންސާފުންކަމަށްވެސް އޭރު ރައީސް މުއިއްޒު ވިދާޅުވިއެވެ.
އާޒިމާގެ މައްޗަށް އުފުލާފައިވާ ދައުވާ ގެންދިއުމާ ގުޅިގެން އެކަމަށް ފާޑުވިދާޅުވަމުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި މަލީހް ވިދާޅުވީ މުއިއްޒަށް މާނަވީ މާބޮޑު ކަމެއް ކުރެވޭނެ ކަމަކަށް ނުފެންނަ ކަމަށެވެ.
އޭގެ ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ ސަރުކާރުގައި ފައިސާ ނެތުން ކަމަށެވެ. އަދި ހުރި ފައިސާވެސް ބޭނުންކުރަނީ ހަމައެއް ލަމައެއް ނެތި ކަމަށާއި ކޮރަޕްޝަނަށް ބޮޑު ބައެއް އެބަ ހޭދަކުރާ ކަމަށް މަލީހް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު