ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު
ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު
ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މޭޔަރުން ހޮވާއިރު ޒާތީނުވެ އަތޮޅަށާއި، ރަށަށް ފައިދާހުރި ގޮތް ހިޔާރުކުރުމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު އިލްތިމާސްކުރައްވައިފިއެވެ.

ޖަމީލް މިހެން ވިދާޅުވީ ފުވައްމުލަކު ސިޓީގެ މޭޔަރު ދެވަނަ ދައުރަކަށް ވާދަކުރައްވަން ނިންމެވުމާ ގުޅިގެން އެކަމަށް ތާއީދުކުރައްވައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މި ޕޯސްޓުގައި ޖަމީލް ވިދާޅުވީ ޤާނޫނު އަސާސީން ރައްޔިތުންގެ ވަކީލުންގެ ދައުރު މެމްބަރުންނާ ހަވާލުކޮށްފައި އޮތީ ވަކި ޕާޓީއަކަށް ނިސްބަތްވީތީ ޕާޓީން ބޭނުންވާ ކޮންމެ ކަމެއް ޤާނޫނު އަސާސީއާ ހިލާފުވިޔަސް ކުރާގޮތަކަށް ނޫން ކަމަށެވެ. އެހެންނަމަވެސް މިވަގުތު އެންމެންނަށްވެސް ރައްޔިތުންގެ މަޖިލީހުގެ ހާލަތު ފެންނަން އެބަ އޮތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"ޕާޓީ ބަދަލުވުމުން އެ ޕާޓީން ގޮނޑި ގެއްލުވާލުން، އަދި އަތޮޅު ކައުންސިލް އުވާލުން މިއީ ދުސްތޫރީ ފްރޭމްވޯކު މުގުރާލުމުގެ އަމަލުތަކެއް. އެހެން އެކަން ކުރެވުނީ ޕީއެންސީގައި ތަޢުލީމު ނެތް ގިނަ މެމްބަރުންތަޖެއް ތިބީމަ،" ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ އެކަމުން ލިބުނު ތަޖުރިބާގެ އަލީގައި ބަލަންވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކަމަށް ޤާބިލް ތަޢުލީމީ ހުނަރުވެރި ކެންޑިޑޭޓުން ހޮވުމަށް ކަމަށެވެ.

"އަޅުގަނޑުގެ ޒާތީ ޚިޔާލުގައި އިސްމާއިލް ރަފީގަކީ މުޅި ރާއްޖޭގައިވެސް ހުރި މޭޔަރުންގެ ތެރެއިން ކަމަށް ކުރިމަތިލައްވާފައިވާ އެންމެ ތަޢުލީމީ އަދި ގާބިލު ބޭފުޅާ. ޒާތީނުވެ އަތޮޅަށާއި ރަށަށް ފައިދާހުރި ގޮތް ޚިޔާރުކުރުން ބުއްދިވެރިވާނެ" ޖަމީލް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް