ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، އެ ޤައުމަށް އެހީތެރިވުމުގެ ގޮތުން 50،000 ޑޮލަރާއި 25،000 މަސްދަޅު ކޭސް ހަދިޔާ ކުރަން ދިވެހި ސަރުކާރުން ނިންމައިފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި ނިންމުމަކީ "ޑިޓްވާ" ތޫފާންގެ ސަބަބުން ސްރީލަންކާގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި، އެ ޤައުމުގެ ރައްޔިތުންނަށް ލިބިފައިވާ ގެއްލުންތަކާއި ދަތިތަކުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރުން ނިންމެވި ނިންމެވުމެކެވެ.
މި އެހީތެރިކަން ރަމްޒުކޮށްދެނީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމާއި، މިފަދަ އުނދަގޫ ދަނޑިވަޅެއްގައި އެ ޤައުމުގެ ރައްޔިތުންނާއެކު ދިވެހި ރައްޔިތުން ތިބި ކަން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އަދި މި އެހީގެ ސަބަބުން ޙާލުގައި ޖެހިފައިވާ ސްރީލަންކާ ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބި، ސްރީލަންކާ ސަރުކާރުން ކުރަމުންދާ މަސައްކަތަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބޭނެކަމަށް އުއްމީދު ކުރާ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން އެތައް ބަޔަކު މަރުވެ، އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.
މި ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުންތަކަށް ބަލައި، އެ ޤައުމުން ވަނީ ބައިނަލްއަޤުވާމީ އެހީއަށް އެދިފައެވެ. އަދި ޤައުމުގެ ހާލަތު ގޯސްވުމުގެ ސަބަބުން އެއް ހަފްތާއަށް ކުއްލި ހާލަތު ވެސް ވަނީ އިއުލާންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު