ޕީއެންއެފްގެ އެސްޖީ މަލީހް-
ޕީއެންއެފްގެ އެސްޖީ މަލީހް-
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަސްލު ސޫރަ އެނގޭނަމަ މަޖިލީހުގެ އެންމެ މެމްބަރަކުވެސް ރައީސް މުއިއްޒުގެ ފަހަތުގައި ނުހުންނާނެ ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ އަދި ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް މިހެން ވިދާޅުވެފައި މިވަނީ ރައީސް މާފަންނު އަވަށުގެ ރައްޔިތުންނާއެކު އަންނަ ބުރާސްފަތި ދުވަހު ބާއްވާ ބައްދަލުވުމުގައި ހިޔާލުފާޅު ކުރަން ބޭނުންވާ މީހުން އަންގައި ދިނުމަށް އެދި މާފަންނު މެދު ދާއިރާގެ ރައްޔިތުންނަށް، އެ ދާއިރާގެ މެންބަރު އަސްމާ ރަޝީދު (އަސްމާއްތަ) ކުރެއްވި މެސެޖަކާ ގުޅިގެން މެމްބަރާމެދު ހަރުކަށި ފިޔަވަޅުތަކެއް އެޅާފައިވާކަން ހާމަވުމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަޖިލީހުގެ ކޮމިޓީތަކުގެ މުގައްރިރު ކަމުން މެމްބަރު ވަކިކޮށް، އަންނަ ހަފުތާގައި އަސްމާ އިނގިރޭސި ވިލާތަށް ކުރައްވަން ނިންމާފައި އޮތް މަޖިލީހުގެ ދަތުރެއް ވެސް ވަނީ ކެންސަލް ކޮށްފައެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި މަލީހް ވިދާޅުވީ ރައީސް މުއިއްޒުގެ އަސްލު ސޫރަ އެނގޭނަމަ އެންމެ މެމްބަރަކުވެސް ރައީސް މުއިއްޒުގެ ފަހަތުގައި ނުހުންނާނެ ކަމަށެވެ.

އަދި ރައްޔިތުން ތިބާ ރައީސް މުއިއްޒު ދެކެ 'ނައްޓާފައި' ކަމަށާއި، ރައީސް މުއިއްޒުގެ މުސްތަގުބަލެއް ނެތްކަން އެންމެ ރަނގަޅަށް އެނގޭނީ މަޖިލިސް މެމްބަރުންނަށް ކަމަށްވެސް މަލީހް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް