ރައީސް ޑރ. މުހައްމަދު މުއިއްޒު މާފަންނުގެ ރައްޔިތުންނާއެކު ބާއްވަވާ ބައްދަލުވުމާ ގުޅޭ ގޮތުން މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު، އޭނާގެ ދާއިރާގެ ރައްޔިތުންނަށް ފޮނުއްވި މެސެޖަކާ ގުޅިގެން މާފަށް އެދިވަޑައިގެންފިއެވެ.
އަންނަ ބުރާސްފަތި ދުވަހު ތާޖުއްދީން ސްކޫލްގައި ބާއްވާ މި ބައްދަލުވުމުގައި ރައީސްއާ ސުވާލު ކުރަން ނުވަތަ މެސެޖެއް ދޭން ބޭނުންނަމަ އެކަން އެންގުމަށް އެދި އަސްމާ ފޮނުއްވި މެސެޖާ ގުޅިގެން އޭނާއަށް ސޯޝަލް މީޑިއާގައި ފާޑުކިޔުން އަމާޒުވިއެވެ.
އަސްމާ ވިދާޅުވީ އޭނާ ފޮނުވި މެސެޖަކީ ޖަލްސާގައި އެއްވެސް ސަބަބަކާ ހުރެ ރައީސްއާ ސީދާ ސުވާލު ކުރުމުގެ ފުރުސަތު ނުލިބޭ ފަރާތްތަކުގެ ހިޔާލާއި ކަންބޮޑުވުންތައް ރައީސްއާ ހަމައަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި ފޮނުވި މެސެޖެއް ކަމަށާއި، އޭނާގެ މެސެޖާ ގުޅިގެން އެއްވެސް ބޭފުޅަކަށް އޮޅުމެއް އަރާފައިވާނަމަ ނިހާޔަތަށް މާފަށް އެދޭ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އަސްމާގެ މެސެޖާ ގުޅިގެން ރައީސްގެ ބައްދަލުވުންތަކާ މެދު ނުބައި ތަސައްވުރުރެއް އާންމުންގެ މެދުގައި އުފެދިފައިވާތީ، މާފަށް އެދެން ރައީސް ވަނީ އަސްމާއަށް އަންގަވާފައެވެ. ރައީސް ވަނީ ރައްޔިތުންނާ އެކު ބާއްވަވާ ބައްދަލުވުންތަކަކީ ރައްޔިތުން ސީދާ އެ މަނިކުފާނާ ސުވާލުކޮށް، މެސެޖު ދީ، ސިޓީ ހަވާލުކުރުމަށް ދެވޭ ފުރުސަތެއް ކަމަށާއި، މި ނޫން ގޮތަކަށް ރައްޔިތުންނަށް މެންބަރުންގެ މެސެޖު ނުދިނުމަށް އަންގަވާފައެވެ.
ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު ވެސް ވަނީ ރައީސް ބާއްވަވާ ބައްދަލުވުންތަކުގައި ކުރާނެ ސުވާލާއި ފާޅުކުރާނެ ހިޔާލު ކުރިން ހުށަހަޅަން ޖެހޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި، މިހާތަނަށް ވެސް ބައިވެރިވާ ރައްޔިތުންނަށް މިނިވަންކަމާއެކު ވާހަކަ ދެއްކުމުގެ ފުރުސަތު ދީފައިވާ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު