މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު
މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު
މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު، އެ ދާއިރާގެ ރައްޔިތުންނަށް ފޮނުއްވި މެސެޖެއްގެ މައްސަލާގައި ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުން އޭނާއަށް ފިޔަވަޅު އަޅައިފިކަމުގެ މަޢުލޫމާތު ލިބިއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޕީއެންސީގެ ޕީޖީ ގްރޫޕުން ވަނީ، ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުންނާއި، ޔޫކޭ-މޯލްޑިވްސް ފްރެންޑްޝިޕް ގްރޫޕުގެ ޗެއާގެ މަޤާމުން އަސްމާ ވަކިކޮށް، އަސްމާ ޔޫކޭއަށް ވަޑައިގަތުމަށް ހަމަޖެހިފައި އޮތް މަޖިލީހުގެ ދަތުރެއް ކެންސަލްކޮށްފައެވެ.

އޭގެއިތުރުން ޢާއްމުންގެ ކިބައިން ޢާންމުކޮށް މާފަށް އެދުމަށް އަންގާފައިވާތީ އަސްމާ މިހާރުވަނީ ޢާއްމުންގެ ކިބައިން މާފަށްވެސް އެދިފައެވެ. އެގޮތުން އޭނާގެ މެސެޖާ ގުޅިގެން އެއްވެސް ބޭފުޅަކަށް އޮޅުމެއް އަރާފައިވާނަމަ ނިހާޔަތަށް މާފަށް އެދޭ ކަމަށް އަސްމާ ވިދާޅުވިއެވެ.



މިކަމާއި ގުޅިގެން އަސްމާ ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ 26 ނޮވެމްބަރު ވަނަ ދުވަހު އެ ދާއިރާގެ މެންބަރުންނަށް ފޮނުވާފައިވާ މެސެޖަކީ ރައީސް ރައްޔިތުންނާ ބައްދަލު ކުރަށްވާ ޖަލްސާގައި ރައީސް އާއި ސީދާ ސުވާލުކުރުމުގެ ފުރުސަތު ލިބިވަޑައި ނުގަންނަވާ ބޭފުޅުންގެ ކަންބޮޑުވުންތައް ރައީސް އަރިހަށް ގެންދިޔުމަށް ފަސޭހަ ކުރުމުގެ ގޮތުން ފޮނުވި މެސެޖެއް ކަމަށެވެ.

އެކަމާގުޅިގެން ރައީސް ވަނީ ރައްޔިތުންނާ އެކު ބާއްވަވާ ބައްދަލުވުންތަކަކީ ރައްޔިތުން ސީދާ އެ މަނިކުފާނާ ސުވާލުކޮށް، މެސެޖު ދީ، ސިޓީ ހަވާލުކުރުމަށް ދެވޭ ފުރުސަތެއް ކަމަށާއި، މި ނޫން ގޮތަކަށް ރައްޔިތުންނަށް މެންބަރުންގެ މެސެޖު ނުދިނުމަށް އަންގަވާފައެވެ.

ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު ވެސް ވަނީ ރައީސް ބާއްވަވާ ބައްދަލުވުންތަކުގައި ކުރާނެ ސުވާލާއި ފާޅުކުރާނެ ހިޔާލު ކުރިން ހުށަހަޅަން ޖެހޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި، މިހާތަނަށް ވެސް ބައިވެރިވާ ރައްޔިތުންނަށް މިނިވަންކަމާއެކު ވާހަކަ ދެއްކުމުގެ ފުރުސަތު ދީފައިވާ ކަމަށް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް