ސިލޯންގެ މިހާރުގެ ޙާލަތު | ފޮޓޯ: މީސްމީޑިއާ
ސިލޯންގެ މިހާރުގެ ޙާލަތު | ފޮޓޯ: މީސްމީޑިއާ
ސްރީލަންކާއަށް ކުރިމަތިވެފައިވާ މޫސުމީ ކާރިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމަށް ދިވެހި މީޑިއާތަކުން ފެށި "ސިލޯނާއެކު ދިވެހީން" ޓެލެތޯން ފެށިތާ 4 ގަޑިއިރު ތެރޭގައި 5 ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް ދައުލަތުގެ މީޑިއާއިން ހާމަކޮށްފިއެވެ.

ދަޢުލަތުގެ މީޑިއާއިން ބުނީ، މިއަދު ހެނދުނު 9:00 ގައި ފެށި މި ޓެލެތޯނަށް މެންދުރުފަހު 13:00 ގެ ނިޔަލަށް 567،290 ރުފިޔާ އާއި 345 ޑޮލަރު ލިބިފައިވާ ކަމަށެވެ.

މި ޓެލެތޯނަށް އެހީވުމަށް މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބަހައްޓާފައިވާއިރު، ކިއުއާރު ކޯޑު ސްކޭން ކޮށްގެންނާއި ނަގުދު ފައިސާ، ޓްރާންސްފަރ އަދި ބޭންކް ޗެކް މެދުވެރިކޮށްވެސް ފައިސާ ޖަމާކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވެއެވެ. އަދި ޖަމިއްޔާ ޖަމާއަތްތަކާއި ކްލަބްތަކުގެ އިތުރުން އޮފީސްތަކަށްވެސް މި ޓެލެތޯނުގައި ބައިވެރިވެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

ދަޢުލަތުގެ މީޑިއާއިން ބުނީ، ސްރީލަންކާއަކީ ދިވެހިންނާ ޒަމާނުއްސުރެ އެންމެ ގާތް ގުޅުމެއް އޮންނަ، އެންމެ ކައިރީގައިވާ އަވަށްޓެރި ގައުމުކަމުން، އެ ގައުމަށް ދިމާވެފައިވާ މި ހިތާމަވެރި ހާލަތުގައި ދިވެހިންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެއްކަމަށެވެ.

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގައި ހިނގި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މިހާތަނަށް 200 އެއްހާ މީހުން މަރުވެ، 3،000 ގެ ހަލާކުވެފައިވާއިރު، 18،000 އަށް ވުރެ ގިނަ މީހުން ވަގުތީ ހިޔާތަކަށް ވަނީ ބަދަލުކޮށްފައިކަމަށް އެޤައުމުގެ މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް