ހުޅުމާލެ އޭރިއަލް ފޮޓޯއެއް (ފޮޓޯ ސޯޝަލް މީޑިއާ)
ހުޅުމާލެ އޭރިއަލް ފޮޓޯއެއް (ފޮޓޯ ސޯޝަލް މީޑިއާ)
ހުޅުމާލެ ފޭސް 1 ގައި ހުންނަ ގެސްޓްހައުސްއެއްގެ ކޮޓަރިއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ މިއަދު މެންދުރު 12:14 ހާއިރު، ގެސްޓްހައުސްއެއްގެ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި އޮތް ފިރިހެނަކު ފެނިގެން ރިޕޯޓް ކުރުމާއި ގުޅިގެން ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށެވެ.

ނިޔާވެފައި އޮއްވާ ފެނުނީ ބިދޭސީއެއް ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާ ނިސްބަތްވާ ގައުމެއް ފުލުހުން ނުބުނެއެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުޤީގު ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް