އެމްޑީޕީގެ އެތެރޭގެ ސިޔާސީ ވާދަވެރިކަމަކީ ޑިމޮކްރަސީގެ ދިރުން ކަމަށާއި، އެޕާޓީ ނުސިހޭނެ ކަމަށް ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް އެމްޑީޕީން ބާއްވާ ޕްރައިމަރީގައި ވާދަކުރަށްވާނެކަން އިޢުލާނު ކުރަށްވާފައިވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އަލްހާން މިހެން ވިދާޅުވެފައިވަނީ، އެމްޑީޕީއަށް ވަގުތީ ޗެއާޕާސަނެއް ހޮވުމަށް ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުން ހޫނުވެ އެކަމަށް ޙައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
އެކަމާގުޅިގެން އެމްޑީޕީގެ ކުރީގެ ނާއިބް ރައީސް އަލްހާން ފަހުމީ މިއަދު ވިދާޅުވީ، އެމްޑީޕީ އަކީ ވަކި މީހެއްގެ މައްޗަށް ބިނާވެފައިވާ މުއައްސަސާއެއް ނޫން ކަމަށާއި، ތާރީޚު އެކަމަށް ހެކިދޭ ކަމަށެވެ.
"ޕާޓީ އޮތީ ބައިބައިވެ، ބަލިކަށި ވެފައިކަމަށް ބުނުމަކީ، ގޯހެއް! ޕާޓީގެ އެތެރޭގެ ސިޔާސީ ވާދަވެރިކަމަކީ ޑިމޮކްރަސީގެ ދިރުން! ވަޅުކައްޓަފުޅި ދާންޏަކަށް ނުސިހޭނެ!" އަލްހާން ވިދާޅުވިއެވެ.
އަލްހާން މިހެން ވިދާޅުވެފައިވާއިރު، 2028 ވަނަ އަހަރު ގެ ރިއާސީ އިންތިޚާބުގައި އެމްޑީޕީގެ ރިއާސީ ޓިކެޓަށް ވާދަކުރަން ނިންމާފައިވާކަން އަލްހާން ވަނީ ފާޅުކުރަށްވާފައެވެ. އަލްހާން އަކީ ޑީއާރުޕީ އާއި، އެމްޑީޕީ އާއި، ޖުމްހޫރީ ޕާޓީ އާއި، ޕީޕީއެމްގައި ވެސް އިސް ސަފުގައި ސިޔާސީ މަސައްކަތް ކުރަށްވާފައިވާ ސިޔާސީ ތަޖުރިބާކާރެކެވެ.
އެމްޑީޕީ އަކީ ސިހޭނެ ޕާޓީއެއް ނޫންކަމަށް އަލްހާން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމުން ފައްޔާޒު އިސްމާއިލް ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވީވެސް އެމްޑީޕީގެ އިސް މެންބަރުންގެ މެދުގައި އޮތް ނުތަނަވަސްކަމުގެ ސަބަބުން ކަމަށް ވިދާޅުވެއެވެ. އެގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަލުން ޕާޓީއާ ގުޅިވަޑައިގަތުމާ ގުޅިގެން މި ދެބަސްވުންތައް އިތުރަށް ވަނީ ބޮޑުވެފައެވެ. ދާދިފަހުން ޕާޓީގެ ވަޓްސްއެޕް ގުރޫޕެއްގައި ރައީސް ނަޝީދާއި ރައީސް ޞާލިޙާއި ފައްޔާޒްގެ މެދުގައި ބަހުގެ ޙަމަލާތަކެއްވެސް ބަދަލު ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު