ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު 5 ބޭފުޅަކު އައްޔަނުކުރައްވައިފިއެވެ.
އެ މަގާމުތަކަށް ރައީސް ޢައްޔަންކުރެއްވި ބޭފުޅުންނަކީ ޙަސަން ނާޞިޙް އަޙްމަދު (ސ. ހިތަދޫ / މާވަހި)، އަލްއުސްތާޛާ އުސާމާ މޫސާ (ށ. ކޮމަންޑޫ / ޗަމަން)، އަލްއުސްތާޛާ ޢާއިޝަތު ޢި (ހމ. ފްލެޓް ނަންބަރު 02-2-88)، އަލްއުސްތާޛާ ޝިފްޒާ ޢަބްދުލްޤައްޔޫމް (ގއ. ނިލަންދޫ / ގަސްދޮށުގެ)، އަދި އަލްފާޟިލް އަޙްމަދު ޔާމީން (ގދ. ގައްދޫ / ބީޗްކޯނަރ) އެވެ.
ޓެކްސް އެޕީލްއަށް އާ މެމްބަރުން އައްޔަނުކުރައްވާފައި މިވަނީ ކުރީން ތިއްބެވި 5 މެންބަރުންގެ މުއްދަތު ހޮނިހިރު ދުވަހަށް ހަމަވެފައިވާތީއެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސް ނެގުމާ ގުޅޭ އިދާރީ ޤާނޫނުގެ ދަށުން، ޓެކްސްއާ ގުޅޭ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ޚާއްޞަ މުއައްސަސާއެކެވެ.

ކިޔުންތެރިންގެ ހިޔާލު