އެމްޑީޕީގެ ފިކުރާއި ވިސްނުނުް ނޭންގޭ ބަޔަކަށް އެމްޑީޕީ ނޭންގޭނެ ކަމަށާއި، އެފަދަ ބަޔަކަށް އެމްޑީޕީ ނުވެސް ހިންގޭނެ ކަމަށް އެޕާޓީގެ ފައުންޑިން މެންބަރު އަދި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މީމު އަތޮޅުގެ ކުރީގެ މެންބަރު އަހްމަދު ޝަފީގް (ސައްޕެ) ވިދާޅުވެއްޖެއެވެ.
ސައްޕެ މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ އެތެރޭގެ ޚިޔާލު ތަފާތުވުންތައް ބޮޑުވެ ޗެއާޕާސަން ފައްޔާޒު އިސްމާޢިލް އެމަގާމުން ދާދިފަހުން ވަނީ އިސްތިއުފާ ދެއްވާފައެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ އެތެރޭގައި ނުތަނަވަސްކަން ބޮޑުވެ ރައީސް ސާލިޙާއި ރައީސް ނަޝީދާއި ފައްޔާޒާއި ދެމެދު މިފަހުން ވަނީ ބަހުގެ ހަމަލާތަކެއް ބަދަލު ކޮށްފައެވެ.
އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ނުތަނަވަސްކަމާ ގުޅިގެން ސައްޕެ ވިދާޅުވީ، މިދަނޑިވަޅަކީ އެމްޑީޕީ އިންތިހާ ދަރަޖައަށް ނިކަމެތިވެފައިވާ ދަނޑިވަޅެއް ކަމަށެވެ. އަދި އެމްޑީޕީގެ އަސްލު ފިކުރާ ވިސްނުމަށް އެމްޑީޕީ ގެނެސް އެމްޑީޕީ ވަރުގަދަކޮށް ބާރުވެރި ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަން ކުރާނެގޮތް އެނގިލައްވާ ކަމަށްވެސް ސައްޕެ ވިދާޅުވެފައިވެއެވެ.
"އަޅުގަނޑާއި އަޅުގަނޑުގެ ޓީމުން ފަށައިގަތީ އެގޮތްތައް އަޅުގަޑުމެންނަށް އެނގޭތީ! އެމްޑީޕީ އަކީ ފިކުރެއް! އެމްޑީޕީއަކީ ވިސްނުމެއް! މިފިކުރާއި މިވިސްނުނުް ނޭންގޭ ބަޔަކަށް އެމްޑީޕީއެއް ނޭންގޭނެ! ނުވެސް ހިންގޭނެ!" ސައްޕެ ވިދާޅުވިއެވެ.
ސައްޕެ އަކީ އެމްޑީޕީ އުފައްދައި އެ ޕާޓީގެ ހަރަކާތްތައް އެންމެ ފުރަތަމަ ރާއްޖޭގައި ފަށައިގެން އައިއިރު އެ ޕާޓީގެ އިސްސަފުގައި ހަރަކާތްތެރިވި ބޭފުޅެކެެވެ. އަދި އޭރު އޮތް ރައީސް މައުމޫންގެ ސަރުކާރަށް ފާޑު ވިދާޅުވެ އެމްޑީޕީން ހިންގި ގިނަ މަގުމަތީ ހަރަކާތްތައް ލީޑު ކުރެއްވި އެމްޑީޕީގެ އެއް އާރުކާޓީއެވެ.
ދާދިފަހުން ސައްޕެވަނީ އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް ވާދަކުރެއްވުމުގެ ޝައުޤުވެރިކަން ހުރިކަމަށްވެސް ވިދާޅުވެފައެވެ. އަދި އެމްޑީޕީގެ އެންމެ އިސް ދެލީޑަރުން ކަމަށްވާ ރައީސް ނަޝީދާއި ރައީސް ޞާލިޙް ސުލްޙަ ވުމަށްވެސް އޭނާ ގޮވާލައްވާފައިވެއެވެ.
"މިއަނިޔާވެރި ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިކުރާނެ ހަކަތަ އެމްޑީޕީގައި އަދިވެސް ހުންނާނެ! އާދޭސްކޮށްފައި ދަންނަވަން! ދެބޭފުޅުން އެކުގައި ވަޑައިގެން އެމްޑީޕީއާއި ދިވެހިރައްޔިތުން މިނިކަމެތިކަމުން ސަލާމަތް ކޮށްދެއްވާ!" ސައްޕެ ވިދާޅުވިއެވެ.
އޭގެއިތުރުން އެމްޑީޕީން ރައްޔިތުންނަށް ހޯދައިދިން ހުރިހާ ރަނގަޅެއް މިސަރުކާރުން ނައްތާލައި ފުނޑުފުނޑު ކޮށްލާއިރު އެކަމާ އަޅުއްވާ ނުލައި އެމްޑީޕީގެ ދެރައީސުން ސިޔާސީ ދެބަސްވުމެއްގެ ތެރޭގައި އެކަން ޙައްލުނުކޮށް އުޅުއްވުމުގެ ދެރަކަމާއި ގެއްލުމުގެ ކޮޅެއްނެތް ކަމަށްވެސް ސައްޕެ ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީ އިންތިހާ ދަރަޖައަށް ނިކަމެތިވެފައި ވަނިކޮށް އެމްޑީޕީ ގެ އަސްލު ފިކުރާ ވިސްނުމަށް އެމްޑީޕީ ގެނެސް އެމްޑީޕީ ވަރުގަދަކޮށް ބާރުވެރި ކުރުމުގެ މަސައްކަތް އަޅުގަޑާއި އަޅުގަޑުގެ ޓީމުން ފަށައިގަތީ އެގޮތްތައް އަޅުގަޑުމެންނަށް އެނގޭތީ ! އެމްޑީޕީ އަކީ ފިކުރެއް ! އެމްޑީޕީއަކީ… pic.twitter.com/cB3Rr3pq08
— Meemu Sappe (@meemu_sapppe) November 29, 2025
ސައްޕެ އަކީ އެމްޑީޕީ އުފައްދައި އެ ޕާޓީގެ ހަރަކާތްތައް އެންމެ ފުރަތަމަ ރާއްޖޭގައި ފަށައިގެން އައިއިރު އެ ޕާޓީގެ އިސްސަފުގައި ހަރަކާތްތެރިވި ބޭފުޅެކެެވެ. އަދި އޭރު އޮތް ރައީސް މައުމޫންގެ ސަރުކާރަށް ފާޑު ވިދާޅުވެ އެމްޑީޕީން ހިންގި ގިނަ މަގުމަތީ ހަރަކާތްތައް ލީޑު ކުރެއްވި އެމްޑީޕީގެ އެއް އާރުކާޓީއެވެ.
ދާދިފަހުން ސައްޕެވަނީ އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް ވާދަކުރެއްވުމުގެ ޝައުޤުވެރިކަން ހުރިކަމަށްވެސް ވިދާޅުވެފައެވެ. އަދި އެމްޑީޕީގެ އެންމެ އިސް ދެލީޑަރުން ކަމަށްވާ ރައީސް ނަޝީދާއި ރައީސް ޞާލިޙް ސުލްޙަ ވުމަށްވެސް އޭނާ ގޮވާލައްވާފައިވެއެވެ.
"މިއަނިޔާވެރި ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިކުރާނެ ހަކަތަ އެމްޑީޕީގައި އަދިވެސް ހުންނާނެ! އާދޭސްކޮށްފައި ދަންނަވަން! ދެބޭފުޅުން އެކުގައި ވަޑައިގެން އެމްޑީޕީއާއި ދިވެހިރައްޔިތުން މިނިކަމެތިކަމުން ސަލާމަތް ކޮށްދެއްވާ!" ސައްޕެ ވިދާޅުވިއެވެ.
އޭގެއިތުރުން އެމްޑީޕީން ރައްޔިތުންނަށް ހޯދައިދިން ހުރިހާ ރަނގަޅެއް މިސަރުކާރުން ނައްތާލައި ފުނޑުފުނޑު ކޮށްލާއިރު އެކަމާ އަޅުއްވާ ނުލައި އެމްޑީޕީގެ ދެރައީސުން ސިޔާސީ ދެބަސްވުމެއްގެ ތެރޭގައި އެކަން ޙައްލުނުކޮށް އުޅުއްވުމުގެ ދެރަކަމާއި ގެއްލުމުގެ ކޮޅެއްނެތް ކަމަށްވެސް ސައްޕެ ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު