ތޫފާނުގެ ސަބަބުން ސްރީލަންކާގައި ފެންބޮޑުވެފައި-
ތޫފާނުގެ ސަބަބުން ސްރީލަންކާގައި ފެންބޮޑުވެފައި-
ސްރީލަންކާއަށް ކުރިމަތިވެފައިވާ މޫސުމީ ކާރިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމަށް ދިވެހި މީޑިއާތަކުން ފެށި "ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް މިހާތަނަށް ދެ މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.

މި ޓެލެތޯން މިއަދު ހެނދުނު 9:00 ޖެހިއިރު ފެށިފައިވާއިރު، މިރޭ މެންދަމު 1:00 އާ ހަމައަށް ކުރިއަށްދާނެއެވެ.

މިހާތަނަށް ލިބިފައިވާ ފައިސާގެ ތެރެއިން ބީއެމްއެލްއިން މި ޓެލެތޯންއަށް ޚާއްސަކޮށްފައިވާ ދިވެހި ރުފިޔާ އެކައުންޓަށް ވަނީ 1.5 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިފައެވެ. އަދި ޑޮލަރު އެކައުންޓަށް 37 ހާހަށްވުރެ ގިނަ ޑޮލަރު ލިލިބިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މި ޓެލެތޯނަށް އެހީވުމަށް މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބަހައްޓާފައިވާއިރު، ކިއުއާރު ކޯޑު ސްކޭން ކޮށްގެންނާއި ނަގުދު ފައިސާ، ޓްރާންސްފަރ އަދި ބޭންކް ޗެކް މެދުވެރިކޮށްވެސް ފައިސާ ޖަމާކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވެއެވެ.

އަދި ޖަމިއްޔާ ޖަމާއަތްތަކާއި ކްލަބްތަކުގެ އިތުރުން އޮފީސްތަކަށްވެސް މި ޓެލެތޯނުގައި ބައިވެރިވެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

ސްރީލަންކާއަށް ކާރިސީ ޙާލަތެއް ކުރިމަތިވެފައިވަނީ މިމަހުގެ 26 ވަނަ ދުވަހު އެޤައުމަށް އަރާފައިވާ ތޫފާން "ދިތުވާ" އާ ގުޅިގެންނެވެ. މި ތޫފާނުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބި، އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް