ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު މުހައްމަދު ފައިސަލަށް މަނީ ލޯންޑަރިންގެ ތުހުމަތުކުރަނީ އޭނާގެ އަނބިކަނބަލުން، ސިވިލް ކޯޓުގެ ގާޒީ އާއިޝަތު އަޒްފާ އަބްދުލްޣަފޫރު ހުކުމެއް ކުރެއްވި ދުވަހު އެ މައްސަލައިގައި ހިމެނޭ މީހެއްގެ ގާނޫނީ ވަކީލް ފައިސަލަށް ފައިސާ ޓްރާންސްފާކޮށް އަދި އެ ފައިސާއިން ބައެއް އަޒްފާއަށް ޓްރާންސްފާ ކޮށްފައިވާތީކަން ހާމަވެއްޖެއެވެ.
ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން މިދިޔަ ހަފްތާގައި ފައިސަލް އިސްތިއުފާ ދެއްވާފައިވާއިރު، އޭނާ މަގާމުން އިސްތިއުފާ ދެއްވީ އޭނާއާ ގުޅޭ ކޮރަޕްޝަން އަދި މަނީ ލޯންޑްރިންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށާފައިވަނިކޮށެވެ.
އޭސީސީގައި އޮތް މައްސަލާގައި ވާގޮތުން ސިވިލް ކޯޓުގައި ގާޒީ އަޒްފާ ނިންމެވި އެ މައްސަލައަކީ ސިޔާސީ ބޭފުޅެއްގެ ކޮއްކޮއެއްގެ އެޕާޓްމަންޓެއް އެހެން މީހަކަށް ވިއްކުމާ ގުޅޭ މައްސަލައެކެވެ. ސާބިތު ދަރަނީގެ އެތައް މައްސަލައެއް އޮތް އެ މީހާގެ އެޕާޓްމަންޓް ވިޔަފާރިވެރިއަކަށް ވިއްކައި މުއާމަލާތް ނިންމީ އޭނާގެ ފަރާތުން ފައިސާ ލިބެންޖެހޭ އެތައް ބަޔަކު ތިއްބާ ހަމައެކަނި އެ އެޕާޓްމަންޓުގެ އަގުން ބޭންކަށް ދައްކަންޖެހޭ ބައި ދައްކާ ގޮތަށެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި މުއާމަލާތާ ގުޅޭ އިންޓެލެޖިންސް ރިޕޯޓާ އެކު އޭސީސީ އަށް މައްސަލަ ހުށަހެޅީ ފުލުހުންގެ ފަރާތުންނެވެ. ގާޒީ އަޒްފާގެ އެ ނިންމެވުމާ ގުޅޭ މައްސަލަވެސް މިހާރު ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާފައެވެ.
އެ މައްސަލައިގެ އިތުރުން ފައިސަލް އާއި އަފްޒާ މީގެ ދުވަސްކޮޅެއް ކުރިން މަހެއްހާ ދުވަހަށް ޔޫރަޕަށް ކުރެއްވި ދަތުރަކާ ގުޅޭ ގޮތުން ވެސް ސުވާލު އުފެދޭ ކަންތައްތަކެއް ފާހަގަވެފައިވާތީ އެކަންކަންވެސް ބަލަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން މި ދަތުރުގައު ޔޫރަޕްގެ އެކި ސިޓީތަކަށް ވަޑައިގެންނެވިއިރު، ދަތުރުގެ ޓިކެޓް ނެގި ގޮތެއް އަދި ދަތުރުގެ ހަރަދުތައް ހަމަޖެއްސި ގޮތުގެ ޑިޖިޓަލް ފުޓްޕްރިންޓެއް ފެންނަން ނެތް ކަމަށް މައުލޫމާތު ލިބެއެވެ.
ފައިސަލްގެ އިތުރުން ޖޭއެސްސީން ދަނީ ހައިކޯޓުގެ އިތުރު ހަތަރު ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލަމުންނެވެ. އެއީ ޖޭއެސްސީގެ ނައިބު ރައީސްކަމުން މިފަހުން އިސްތިއުފާ ދެއްވައި، ރިޓަޔާކުރައްވަން ހުށަހަޅުއްވާފައިވާ ފަނޑިޔާރު މުހައްމަދު ނިޔާޒު އާއި ފަނޑިޔާރު ފާތިމަތު ފަރްހީޒާ، ފަނޑިޔާރު ހުސައިން މަޒީދު، އަދި ފަނޑިޔާރު ދީބާނާޒު ފަހުމީއެވެ.

ކިޔުންތެރިންގެ ހިޔާލު