ކުރީގެ ރައީސުންނަށް ދައުލަތުން ފޯރުކޮށްދޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި މި ބިލް ފާސްވީ 68 މެންބަރުންގެ ވޯޓުންނެވެ.
މި އިސްލާހާއެކު، ކުރީގެ ރައީސުންގެ އޮފީސް ހިންގުމަށް ދައުލަތުން ކޮންމެ މަހަކު ދެމުންގެންދާ 175،000 ރުފިޔާގެ ހަރަދު އުނިވެގެންދާނެއެވެ. މީގެއިތުރުން، ކުރީގެ ރައީސަކު ދައުލަތުގެ އެހެން މަގާމެއްގައި ހުންނަނަމަ، ނުވަތަ ދެވަނަ ދައުރަކަށް އިންތިޚާބުވެ ރައީސްކަން ކުރާ މުއްދަތުގައި، ކުރީގެ ރައީސުންނަށް ލިބޭ އިނާޔަތްތައް ނުލިބޭނެއެވެ.
އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭނަމަ، ރައްކާތެރިކަން ފޯރުކޮށްދިނުން ލާޒިމު ނޫންކަމަށްވެސް މި އިސްލާހުގައި ބުނެފައިވެއެވެ. ހަމައެއާއެކު އިގްތިސާދީ ދަތިކަމެއް ކުރިމަތިވެއްޖެނަމަ، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއާއެކު ސަރުކާރަށް އިނާޔަތްތަކަށް ބަދަލު ގެނައުމުގެ އިޚްތިޔާރުވެސް މި އިސްލާހުން ލިބިދެއެވެ.
މި އިސްލާހު ފާސްވުމުން ކުރީގެ ރައީސުންނަށް މަހަކު އިނާޔަތުގެ ގޮތުގައި ލިބޭ ޖުމްލަ ފައިސާ 100،000 ރުފިޔާއަށް ދަށްވާނެއެވެ. އަދި މި އިސްލާހުގެ ދަށުން ނައިބު ރައީސްކަމުގައި 5 އަހަރުގެ ދައުރެއް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ކޮންމެ މަހަކު 30،000 ރުފިޔާގެ އިނާޔަތަކާއި، ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ދައުލަތުގެ ހަރަދުގައި ސިއްހީ ހިދުމަތް ލިބިދެވޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ވަނީ ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު