ޕީއެސްއެމްގެ އެމްޑީގެ މަގާމުން މިދިޔަ ހޮނިހިރު ދުވަހު އިސްތިއުފާ ދެއްވި އިބްރާހިމް ނަސްރީން، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަންކުރައްވައިފިއެވެ.
ރާއްޖޭގެ މީޑިއާގެ ތަޖުރިބާކާރެއް ކަމަށްވާ ނަސްރީން ޕީއެސްއެމްގެ އެމްޑީގެ މަގާމަށް 2024 ޑިސެންބަރ 22 ގައި އައްޔަނުކުރުމުގެ ކުރިން ހުންނެވީ ޕީއެސްއެމްގެ ސޭލްސް އެންޑް މާކެޓިން ޑިރެކްޓަރުގެ މަގާމުގައެވެ. އޭނާ އެކުންފުނީގެ އެމްޑީގެ މަޤާމުން އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 29ގައެވެ.
ނަސްރީނަކީ މިސަރުކާރުގައި ޕީއެސްއެމްގެ އެމްޑީގެ މަގާމުން އިސްތިއުފާ ދެއްވި ތިންވަނަ ފަރާތެވެ. މީގެކުރިން އެމަޤާމު ފުރުއްވި ޒީނާ ޒާހިރާއި، މުހައްމަދު ސައީދުވެސް ވަނީ މަޤާމުން އިސްތިޢުފާ ދެއްވާފައެވެ.
ނަސްރީން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީއެއްގެ މަގާމަކަށް ބަދަލުކޮށްފައިވާއިރު ޑެޕިއުޓީ މިނިސްޓަރެއްގެ މުސާރަ އަކީ 20،500 ރުފިޔާއެވެ. އަދި އެލަވަންސާއެކު، ޑެޕިއުޓީ މިނިސްޓަރަކަށް މަހެއްގެ މައްޗަށް 35،500 ރުފިޔާ ލިބިލައްވާނެއެވެ.
ކޮމިއުނިކޭޝަން އަދި މަލްޓިމީޑިއާއިން ބެޗެލާސް ޑިގްރީ ހާސިލުކުރައްވައިފައިވާ ނަސްރީން ވަނީ ޕީޢެސްއެމްގައި ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތް ކުރަށްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު