ހަމައެކަނި އެމްޑީޕީގެ މެމްބަރަކަށް ވެގެން އެޕާޓީ އެނގޭނެ ކަމަށް ގަބޫލު ނުކުރަށްވާ ކަމަށް އެޕާޓީގެ ފައުންޑިން މެންބަރު އަދި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މީމު އަތޮޅުގެ ކުރީގެ މެންބަރު އަހްމަދު ޝަފީގް (ސައްޕެ) ވިދާޅުވެއްޖެއެވެ.
ސައްޕެ މިހެން ވިދާޅުވެފައިވަނީ މީސްމީޑީއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ. އެގޮތުން ސައްޕެ ވިދާޅުވީ، އެމްޑީޕީ އުފެއްދުމަށް މަސައްކަތް ކުރި ދުވަސްވަރު އެކިގޮތްގޮތުން ކުރިމަތިވި ހުރަސްތަކާއި އަނިޔާތައް ގިރާކޮށް ގިނަ ކަންތައްތައް ޙާސިލު ކުރެއްވި ކަމަށެވެ.
އަދި ބައެއް ރަށްރަށަށް އެރުމަށް ހުރަސް އެޅުމުން ހިތްވަރާއި ސާބިތުކަމާއެކު އެރަށްރަށަށް އަރައި އެމްޑީޕީ މެންބަރުންނާ މުޚާތަބު ކޮށްފައިވާނެ ކަމަށް ސައްޕެ ވިދާޅުވިއެވެ. ހަމައެއާއެކު އެ ބުރަބޮޑު މަސައްކަތުގައި ޝާމިލުނުވާ ބަޔަކަށް މިއަދު ހަމައެކަނި އެމްޑީޕީގެ ޓިކެޓެއް ލިބިގެން މަޤާމެއްގައި ތިއްބަސް އެބަޔަކަށް އެމްޑީޕީ ނޭނގޭނެ ކަމަށް ސައްޕެ ވިދާޅުވެފައިވެއެވެ.
ހަމައެހެންމެ، އެމްޑީޕީއަށް ރައްޔިތުންގެ އިތުބާރާއި ލޯބި ލިބިގެންދިޔަ ހާދިސާތަކާއި ހިތްވަރުގަދަ މަސައްކަތްތަކާއި ޙިކުމަތްތެރި ވިސްނުން ތަކުން އުފަންވެގެންދިޔަ އެމްޑީޕީގެ ޙަޤީޤީ ފިކުރު، ފަހުން އެމްޑީޕީއާ ގުޅުނު މެންބަރުންނާއި، ގުޅެމުންދާ މެންބަރުން ބަލާހޯދާ އުނގެނި ދަސްކުރުމަށް ސައްޕެވަނީ ގޮވާލައްވާފައެވެ.
"އެމްޑީޕީ މެމްބަރަކަށް ވުމަކުން އަދި އެމްޑީޕީއެއް ނޭގޭނެއެވެ! އެކަމަކު ކަމަކަށް ވާދަ ކުރަން ޓިކެޓް ލިބިދާނެއެވެ! އެއީ ހާދަ މަސައްކަތެކެވެ. އެތައް ޤުރުބާނީއެކެވެ!" ސައްޕެ ވިދާޅުވެފައިވެއެވެ.
އޭގެއިތުރުން އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ވާދަކުރަށްވާނެކަން އިޢުލާނު ކުރަށްވާފައިވާ ސައްޕެ ވިދާޅުވީ، އެމްޑީޕީން ވަކިވެގެން ދުރަށް ގޮސްފައިވާ ޙަޤީޤީ އެމްޑީޕީގެ ޚިދުމަތްތެރި ބޭބޭފުޅުން ޕާޓީއަށް އަލުން ގެނައުމުގައި މިދިޔަ ދޮޅު އަހަރު ދުވަހުގެ ބުރަމަސައްކަތުން ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށެވެ.
"ޕާޓީ ދެބައިވެ އުފެދުނު ހީނަރުކަމުގެ ތެރޭގައި ކުރިމަތި ވެގެންދިޔަ މެންބަރުންގެ މާޔޫސްކަން ފިލުވާލައި އެމްޑީޕީ އެއްބައެއްގެ ގޮތުގައި ކުރިއަށް ދިއުމުގެ ފޯރިއާއި ޖޯޝް އިތުރުކުރުމަށް އަޅުގަނޑުމެންގެ ޓީމުން މިގެންދަނީ މުޙިއްމު މަސައްކަތްތަކެއް ކުރަމުން!" ސައްޕެ ވިދާޅުވެފައިވެއެވެ،
ސައްޕެ ވަނީ އޭނާގެ އަމާޒަކީ އެމްޑީޕީ އުފެއްދުމުގެ މަސައްކަތުގައި އޭނާއަށް ލިބިފައިވާ، މަޢުލޫމާތާއި ޚިދުމަތާއި ތަޖުރިބާގެ އަލީގައި އެމްޑީޕީ ޒުވާން ޖީލަކަށް ފައްކާކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން ކަމަށެވެ.

އެހުރަސްތަކާއި އަނިޔާތައް ގިރާކޮށް އަޅުގަޑުމެން އެރަށަށް އެރީމެވެ ! އަދި ހިއްވާރާއި ސާބިތުކަމާއެކު އެރަށުގެ އެމްޑީޕީ މެންބަރުންނާ މުޚާތަބުވެސް ކުރީމެވެ !
— Meemu Sappe (@meemu_sapppe) December 2, 2025
އެމްޑީޕީ އަށް ރައްޔިތުންގެ އިތުބާރާއި ލޯތްބި ލިބިގެންދިޔަ ހާދިސާތަކާއި ހިއްވަރު ގަދަ މަސައްކަތްތަކާއި ޙިކުމަތްތެރި ވިސްނުން… pic.twitter.com/KxhMSpPXGn
އޭގެއިތުރުން އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ވާދަކުރަށްވާނެކަން އިޢުލާނު ކުރަށްވާފައިވާ ސައްޕެ ވިދާޅުވީ، އެމްޑީޕީން ވަކިވެގެން ދުރަށް ގޮސްފައިވާ ޙަޤީޤީ އެމްޑީޕީގެ ޚިދުމަތްތެރި ބޭބޭފުޅުން ޕާޓީއަށް އަލުން ގެނައުމުގައި މިދިޔަ ދޮޅު އަހަރު ދުވަހުގެ ބުރަމަސައްކަތުން ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށެވެ.
"ޕާޓީ ދެބައިވެ އުފެދުނު ހީނަރުކަމުގެ ތެރޭގައި ކުރިމަތި ވެގެންދިޔަ މެންބަރުންގެ މާޔޫސްކަން ފިލުވާލައި އެމްޑީޕީ އެއްބައެއްގެ ގޮތުގައި ކުރިއަށް ދިއުމުގެ ފޯރިއާއި ޖޯޝް އިތުރުކުރުމަށް އަޅުގަނޑުމެންގެ ޓީމުން މިގެންދަނީ މުޙިއްމު މަސައްކަތްތަކެއް ކުރަމުން!" ސައްޕެ ވިދާޅުވެފައިވެއެވެ،
ސައްޕެ ވަނީ އޭނާގެ އަމާޒަކީ އެމްޑީޕީ އުފެއްދުމުގެ މަސައްކަތުގައި އޭނާއަށް ލިބިފައިވާ، މަޢުލޫމާތާއި ޚިދުމަތާއި ތަޖުރިބާގެ އަލީގައި އެމްޑީޕީ ޒުވާން ޖީލަކަށް ފައްކާކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު