ނަފާ ނަަސީމް-
ނަފާ ނަަސީމް-
ކިތައްމެ އިނޮސެންޓު ކަން ދެއްކިޔަކަސް ހިޓްލަރު އުމަރަކަށް ނުވާނެ ކަމަށް މަޝްހޫރު އިޤްތިޞާދީ މާހިރު، މުޙައްމަދު ނަސީމް (ނަފާ ނަސީމް) ވިދާޅުވެއްޖެއެވެ.

ނަފާ ނަސީމް މިހެން ވިދާޅުވެފައި މިވަނީ ކައުންސިލް އިންތިހާބާ ދިމާކޮށް، ރައީސް މާލޭގެ އެކި އަވަށްތަކުގެ ރައްޔިތުންނާ ވަކިން ބައްދަލުކުރައްވަން ބާއްވަމުން ގެންދަވާ ސިލްސިލާ ޖަލްސާތަކަށް އިޝާރާތްކުރައްވައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އިންތިހާބުތަކާ ދިމާކޮށް ސަރުކާރުން ކަންތައް ކުރާ ގޮތް ކުރުގޮތަކަށް ވިދާޅުވެދެއްވަމުން ނަސީމް ވިދާޅުވީ ކޮންމެ އިންތިޚާބަކާ ދިމާކޮށް ރައްޔިތުންނާ ބައްދަލުކުރުމުގެ ނަމުގައި ސިޔާސީ ޗަރުކޭސް ޖައްސާ ކަމަށެވެ. އަދި ސަނާކިއުއްވަން މީހުނަށް މަގާމާ ރިޝްވަތުދީ، އިދިކޮޅުމީހުން ފާހަގަކޮށް އަދަބުދޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"ކިތަންމެ އިނޮސެންޓުކަން ދެއްކިޔަސް ހިޓްލަރު އުމަރަކަށް ނުވާނެ،" ނަފާ ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ ދައުލަތުގެ ހުރިހާ ކަމެއްވެސް ގޯސް ކުރަނީ ވެރިން ކަމަށެވެ.

"އަގުތައް ބޮޑުކުރަނީ ޚަރަދުތައް ބޮޑުކުރަނީ ގައުމު ދަރުވަނީ ވެރިން. ހުރިހާ ނުބައިކަމެއް ކުރަމުން، މާދެން މައުސޫމުވާން، ރައްޔިތުން ގުނބޯހައްދަން، ރައްޔިތުންނާ ބައްދަލުކުރަނީ ވެސް ވެރިން." ނަސީމް ވިދާޅުވިއެވެ.

އަދި ވެރިން މިކުޅޭ ޑްރާމާގައި ޖެހި ރައްޔިތުންވެސް މި ތިބެނީ ގުނބޯ ހެދިފައި ކަމަށް ނަސީމް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު