ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމެއް ކުރިޔަށްދަނީ
ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމެއް ކުރިޔަށްދަނީ
ސައިޒުގެ ގޮތުން ކުޑަވެ، ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުން ފައިސާ ދޭ ލިސްޓުން އަދާލަތު ޕާޓީ އުނިވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ހާމަކުރި ގޮތުގައި އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ ލިސްޓުގައި ހިމެނެނީ 4 ސިޔާސީ ޕާޓީއެވެ. އެއީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް އާއި އިދިކޮޅު އެމްޑީޕީ އާއި ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީގެ އިތުރުން ސަން ޝިޔާމުގެ އެމްޑީއޭ އެވެ.

އަދާލަތު ޕާޓީ މި ލިސްޓުން އުނި ވެފައިވަނީ އެ ޕާޓީގައި ފައިސާ ލިބުމަށް ޝަރުތު ހަމަވާ ވަރަށް މެންބަރުން ނެތުމުންނެވެ. މިއަހަރު ބަޖެޓުން އަދާލަތު ޕާޓީއަށް 1.7 މިލިއަން ރުފިޔާ ލިބުނު ނަމަވެސް ސިޔާސީ ޙަރަކާތްތައް އެޕާޓީން ހިންގާފައިވަނީ ނިސްބަތުން މަދުންނެވެ.



ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން، ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށްޓަކައި 3،000 މެންބަރުން ހަމަވާން ޖެހޭނެއެވެ. އަދި ދައުލަތުން ޕާޓީތަކަށް ފައިސާ ދޭނީ 10،000 މެންބަރުން ހަމަވާނަމައެވެ.

އީސީގެ ދަފުތަރުގައި މިހާރު އޮތް 9 ޕާޓީ އަކީ އެމްޑީޕީ، ޕީއެންސީ، ޖޭޕީ، އެމްޑީއޭ، އަދާލަތު ޕާޓީ، އެމްއެންޕީ، ޕީއެންއެފް، ދަ ޑިމޮކްރެޓްސް އަދި އެމްއެލްއެސްޑީޕީ އެވެ.



ކިޔުންތެރިންގެ ހިޔާލު