މަތީ ސާނަވީ ސްކޫލެއްގެ ދަރިވަރުން
މަތީ ސާނަވީ ސްކޫލެއްގެ ދަރިވަރުން
މި ދަނޑިވަޅުގައި ދަރިވަރުންގެ ޔުނީފޯމަށް ބެލެނިވެރިން އިތުރު ޚަރަދެއް ކުރަން ޖެހުމަކީ ދެކޮޅުޖެހޭ ކަމެއްނޫން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، އެޑިއުކޭޝަން މިނިސްޓްރީން ވަނީ 2027 ވަނަ އަހަރުން ފެށިގެން ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންގެ ޔުނިފޯމަށް ބަދަލު ގެނައުމަށް ނިންމާ، އުސޫލު އާންމުކޮށްފައެވެ.

މި އުސޫލުގެ ދަށުން ގްރޭޑް ނުވައަކުން މަތީގެ ފިރިހެން ދަރިވަރުންނަށް ތުނބުޅި ބެހެއްޓުމުގެ ހުއްދަ ލިބޭއިރު، ގްރޭޑް ހަތަރަކުން މަތީގެ އަންހެން ދަރިވަރުން ސްކާޓާއެކު ހަރުވާޅުލުން ލާޒިމްކޮށްފައިވެއެވެ. ނަމަވެސް ބުރުގާ އަޅާ ދަރިވަރުންނަށް ސްކާޓްލުމާއި ނުލުމުގެ އިހްތިޔާރު ވަނީ ދީފައެވެ.

ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޔުނިފޯމް ވަކި ކުލަތަކެއްގައި އެއްގޮތްކުރުމަށް މިނިސްޓްރީން ނިންމާފައިވާއިރު، ގަމީސްތައް ހުންނާނީ ހުދު، މަޑު ރަތް، އުޑުނޫ ނޫނީ ޓީލް ގްރީން ކުލައިގައެވެ. ހަރުވާޅާއި ސްކާޓް އަދި ސޯޓު ހުންނަން ޖެހޭނީ ކަޅު ކުލަ ނޫނީ ނޭވީ ބްލޫ ކުލައިގައެވެ.

މި އުސޫލާ ގުޅިގެން މީސްމީޑިއާގައި ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާއިރު، ކުރީގެ ރައީސް ނަޝީދު ވިދާޅުވެފައިވަނީ މިދަނޑިވަޅުގައި ޔުނިފޯމަށް ބަދަލު ގެނައުމަކީ ޚަރަދު ބޮޑު ކަމެއް ކަމަށެވެ. އަދި 90،000 އަށްވުރެ ގިނަ ދަރިވަރުންނަށް ޔުނިފޯމް ބަދަލުކުރުމަށް ޖުމްލަ 80 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.އޭގެއިތުރުން މިހާރުގެ ޔުނިފޯމްތަކުންވެސް ދަރިވަރުން އެކަށީގެންވާ މިންވަރަށް ނިވާވާ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މި އުސޫލަށް 2027 ވަނަ އަހަރުން ފެށިގެން އަމަލުކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު