ފައިސާ ފޭރުނު މައްސަލާގައި ހައްޔަރުކުރި މީހާ
ފައިސާ ފޭރުނު މައްސަލާގައި ހައްޔަރުކުރި މީހާ
މީހެއްގެ ވައިބާ އެކައުންޓް ކޮމްޕްރޮމައިޒްކޮށް، އެމީހާގެ ނަމުގައި މީހުންނާ ވާހަކަ ދައްކައި މަކަރާއި ހީލަތުން ފައިސާތަކެއް ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މިި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ގ. މާލެހިޔާ 1-16-03 ޢުމުރުން 33 އަހަރުގެ އަހުމަދު ހައްސާން ކަމަށެވެ.

ހައްސާން ހައްޔަރުކުރީ އޭނާއާ ގުޅޭގޮތުން މިދިޔަ ނޮވެމްބަރު 30 ގައި އެންޓި ސްކޭމް ސެންޓަރަށް ލިބުނު ރިޕޯޓާ ގުޅިގެންނެވެ.

އެގޮތުން ހައްސާން ވަނީ މަކަރާއި ހީލަތުން އެކި ފަހަރު މަތިން އެކި މީހުންގެ އަތުން 150،300 ރުފިޔާ ހޯދައި އެ ފައިސާގެ ތެރެއިން 75،000 ރުފިޔާ ނަގާފައިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އަދި ހައްސާންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ތަހުގީގުގެ ބޭނުމަށް 15 ދުވަހުގެ މުއްދަތަށް ބަންދު ކުރަން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު