ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި ބޮންގޮވި ރޭ، ބޮން ހަރުކޮށްފައި ހުއްޓާ ރައީސް މައުމޫން އަބުދުލްގައްޔޫމް އެ ލޯންޗުކޮޅުން މާލެ ދަތުރުކުރެއްވި ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެެ.
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ޓައުން ހޯލް ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ޔާމީން ވިދާޅުވީ، ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ބޭނުންކުރަން ހުއްދަ އޮންނަނީ ހަަމައެކަނި ރައީސަށް ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނު ވެރިކަމުގައި ހުންނެވިއިރު ރިޔާސީ ލޯންޗުކޮޅު ބޭނުން ކުރުމުގެ ހުއްދަ ކުރީގެ ރައީސުންނަށް ދެއްވާފައިވާނެ ކަމަށާއި، އެއީ އެެހެން ލޯންޗެއް އޭރު ނޯންނާތީ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ، ރިޔާސީ ލޯންޗު ގޮއްވާލި ރޭ، އިއްތިފާގުން ރައީސް މައުމޫން ސިންގަޕޫރުން ރާއްޖެ ވަޑައިގެންނެވި ކަމަށެވެ. އަދި ހުޅުލެއިން މާލެއަށް ވަޑައިގަތުމަށް އެމަނިކުފާނު ބޭނުންކުރެއްވީ، އެވަގުތު ބޮން ހަރުކޮށްފައި ހުރި އެ ރިޔާސީ ލޯންޗުކޮޅު ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.
"އެކްސްޕްލޯސިވްސް މަތީގަ އިންނަވައިގެން ރައީސް މައުމޫން މާލެއަށް ވަޑައިގަތީ. ހުޅުލެއިން މާލެއަށް ވަޑައިގަތީ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ލޯންޗުކޮޅު ގޮއްވާލުމުގެ ކުރިން ބެލި ބެލުމުން އެނގުނު ގޮތުގައި އެ ލޯންޗުކޮޅު ބޭނުންކުރައްވާފައިވަނީ އޭރުގެ ނައިބު ރައީސް އަޙްމަދު އަދީބު ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ނަމަވެސް އެއީ ނާއިބް ރައީސް އަށް ހުއްދަ އޮންނަ ކަމެއް ނޫން ކަމަށް ޔާމީން ވިދާޅުވިއެެވެ.
ބޮމުގެ ސިފަޔަށް އަލިއަޅުވާލައްވަމުން ރައީސް ޔާމީން ވިދާޅުވީ، އެއީ އިމްޕްރޯވައިސްޑް އެކްސްޕްލޯސިވްއެއް ނޫން ކަމަށާއި، އެއީ ހަމަ މިލިޓަރީ ގްރޭޑް އެކްސްޕްލޯސިވްއެއް ކަމަށެވެ. މިހެންވެ، މިތަކެތި ނުކުތީ އެމްއެންޑީއެފްގެ ތެރެއިން، އާރމަރީ ނުވަތަ އޯޑްނަންސް ޑިޕާޓްމަންޓުން ކަމަށް ބެލެވެން އޮތް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އެކަމާ ގުޅިގެން ހިންގުނު ތަޙްޤީޤުގެ ތަފްޞީލަކަށް ނުވަދެ، އެކަމަކު މިތަކެތި އޯޑްނަންސްއިން ނުކުމެފައިވާކަން އެނގިވަޑައިގެންނެވި ކަމަށް ޔާމީން ވިދާޅުވިއެވެ.
ރިޔާސީ ލޯންޗުކޮޅު ގޮވި ހާދިސާ ހިނގީ 2015 ވަނަ އަހަރު ސެޕްޓެންބަރު މަހުގެ 28 ވަނަ ދުވަހުގެ ރޭ ރައީސް ޔާމީން ޢުމްރާ ދަތުރަކަށް ވަޑައިގެންނެވުމަށްފަހު ހުޅުލެއިން މާލެއަށް ވަޑައިގެންނެވި މަގުމަތީގައެވެ. އެ ހާދިސާގައި ރައީސް ޔާމީނަށް ގެއްލުމެއް ލިބިވަޑައި ނުގެންނެވި ނަމަވެސް އޭރުގެ ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމް އަދި ރައީސްގެ ބައެއް ސެކިއުރިޓީ އޮފިސަރުންނަށް ކުދިކުދި އަނިޔާތަކެއް ވަނީ ލިބިފައެވެ.
އެ މައްސަލައާ ގުޅިގެން ސިފައިންގެ މާލޭ އޭރިއާގެ އޭރުގެ ކޮމާންޑަރު ކެޕްޓަން އަހުމަދު ފަޔާޒު (ޕާޕާ)އާއި އޭރުގެ ނައިބު ރައީސް އަހްމަދު އަދީބުގެ އިތުރުން ދެ ބޮޑީގާޑަކަށް ކްރިމިނަލް ކޯޓުން ހުކުމްތަކެއް ކުރިއެވެ. ނަމަވެސް، އެ މައްސަލަތައް އަލުން ބަލަން އަންގައި ހައި ކޯޓުން ވަނީ ފިނިފެންމާ ލޯންޗު ގޮއްވާލި ހާދިސާއާ ގުޅިގެން ކްރިމިނަލް ކޯޓުން ކުރި ހުރިހާ ހުކުމެއް ބާތިލް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު