މަޝްހޫރު އިޤްތިޞާދީ މާހިރު، މުޙައްމަދު ނަސީމް (ނަފާ ނަސީމް)
މަޝްހޫރު އިޤްތިޞާދީ މާހިރު، މުޙައްމަދު ނަސީމް (ނަފާ ނަސީމް)
ޑްރެކިއުލާ ކައިރީގައި ލޭބޯ މީހުންގެ ޝަކުވާކުރާނީ މޮޔައިން ކަމަށް މަޝްހޫރު އިޤްތިޞާދީ މާހިރު، މުޙައްމަދު ނަސީމް (ނަފާ ނަސީމް) ވިދާޅުވެއްޖެއެވެ.

ނަސީމް މިހެން ވިދާޅުވީ، މީސް މީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ. ރާއްޖޭގެ ސިޔާސީ މަސްރަޙަށް މިސާލު ޖައްސަވަމުން ނަސީމް މިހެން ވިދާޅުވެފައިވާއިރު، މި ދަނޑިވަޅަކީ، ރައީސް މުޢިއްޒު މާލޭގެ ރައްޔިތުންގެ ޝަކުވާތައް އަޑުއެއްސެވުމަށް ސިލްސިލާ ބައްދަލުވުންތައް ބާއްވަމުން ގެންދަވާ ދުވަސްވަރެކެވެ.

ރައީސްގެ ބައްދަލު ކުރެއްވުންތަކަށް އިޝާރާތް ކުރަށްވަމުން ނަސީމް ވިދާޅުވީ، ސިޔާސީ މީހުންނަކީ އަބަދުވެސް ވޯޓަށް ރައްޔިތުން ގުނބޯ ހައްދާ ބައެއް ކަމަށެވެ. އަދި ޑްރެކިއުލާގާތު ލޭބޯމީހުންގެ ޝަކުވާކުރާނީ މޮޔައިން ކަމަށްވެސް ނަސީމް ވިދާޅުވިއެވެ.

"ވައުދު ފުލު ވައުދުވެ އެއްދޮގު ފޮރުވަން އަނެއް ހަދޮގުހަދާނެ. ވެރިންކުރާ ކަމެއް ގޯހެކޭ ވެރިން ނުބުނާނެ. އެއްފުޅަންމަތިން ފުމުނިއްޔާ ދެންވެސް ފުމޭނެ." ނަސީމް ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު ނަސީމް ވިދާޅުވީ، ވެރިން ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެ އަޑުއަހަނީ ހަމައެކަނި ނަމަކަށް ކަމަށެވެ.

"ރައްޔިތުމީހާ ޝަކުވާކުރަނީ ކުރާގޯސް ކަންކަމަށް. އަޑުއަހާފަ ބުނަނީ ތިމަންނާ އެކަންކުރީ ތިމަންނަ ވައުދުވީގޮތަށޭ. ދެންވެސް ކުރާނީ އެހެނޭ. ރައްޔިތުމީހާ އަނގަމަތީ ޖަހަނީ ތަފާއްޔެއް. އަދި ނެތް ކުރިގޯސްކަމެއް!" ނަސީމް ވިދާޅުވެފައިވެއެވެ.



ނަސީމް މިހެން ވިދާޅުވެފައިވާއިރު ރައީސް މިހާތަނަށް ވަނީ ވިލިމާލެ، މާފަންނު، މައްޗަންގޮޅި އަދި ހެންވޭރުގެ ރައްޔިތުންނާ ބައްދަލު ކުރަށްވާފައެވެ.

އަދި ރައީސްގެ ބައްދަލުވުންތަކުގައި ރައްޔިތުން ކުރާ ގިނަ ޝަކުވާ ތަކަށް ޙައްލު ހޯދައިދެއްވުމުގެ ބަދަލުގައި ރައީސްގެ ފަރާތުން ރައްދުތަކެއް ދެމުންދާކަމުގެ ކަންބޮޑުވުން މީސްމީޑިއާގައި ބައެއް ފަރާތްތަކުން ދަނީ ޙިއްސާ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު