އެމްޑީޕީއާއި އެމްޑީޕީ މެންބަރުންނަށް މޭޔަރު އާދަމް އާޒިމް ކުރެއްވީ ހުތުރު މަލާމާތެއް ކަމަށާއި، އެކަމުގެ ނަތީޖާ ހިތިވާނެ ކަމަށް ވިދާޅުވެ، އެޕާޓީގެ ފައުންޑިން މެންބަރު އަދި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މީމު އަތޮޅުގެ ކުރީގެ މެންބަރު އަހްމަދު ޝަފީގް (ސައްޕެ) މާލޭގެ މޭޔަރު އާދަމް އާޒިމަށް ރައްދު ދެއްވައިފިއެވެ.
ސައްޕެ މިހެން ވިދާޅުވެފައިވަނީ މީސްމީޑީއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ. އެގޮތުން ސައްޕެ ވިދާޅުވީ، މާލޭ ސިޓީ އެމްޑީޕީގެ މޭޔަރު ޓިކެޓްގެ ބޭނުމުގައި މީގެ 2 އަހަރެއްހާ ދުވަސްކުރިން އެމްޑީޕީ އަށް އައިސް ފުންމާލި މީހަކު ދެއްކެވީ ވިޔާނުދާ ހުތުރު ވާހަކަތަކެއް ކަމަށެވެ.
އަދި އެކަމާ ގުޅިގެން އެއްޗެކޭ ނުބުނެ ހުންނަން އުނދަގޫވެއްޖެ ކަމަށްވެސް ސައްޕެ ވަނީ ވިދާޅުވެފައެވެ.
"އެމްޑީޕީ ޓިކެޓްގަ ނެރެގެން އެމްޑީޕީގެ ހިއްވަރުގަދަ މެންބަރުންގެ ބުރަމަސައްކަތުން މޭޔަރު ކަމަށް ހޮވީމަ އެމްޑީޕީއާއި އެމްޑީޕީ މެންބަރުންނަށް ތިޔަކުރި ހުތުރު މަލާމާތުގެ ނަތީޖާ ހިތިވާނެކަން ދަނީ ފެންނަމުން!" ސައްޕެ ވިދާޅުވިއެވެ.
ހަމައެއާއެކު އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ވާދަކުރަށްވާނެކަން އިޢުލާނު ކުރަށްވާފައިވާ ސައްޕެ ވިދާޅުވީ، އެމްޑީޕީގެ ބާރާއި ހަކަތަ އާދަމް އާޒިމަށް ވަޒަންކޮށްލަންވެސް ނޭގުނީތީ ހިތާމަކުރަށްވާ ކަމަށެވެ.
ސައްޕެ މިހެން ވިދާޅުވެފައިވަާއިރު މާލޭގެ މޭޔަރުކަމުގެ ދެވަނަ ދައުރަކަށް އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވާ އާދަމް އާޒިމް ކެމްޕޭން ޖަލްސާއެއްގައި ވިދާޅުވީ ވެރިކަން ގެއްލި އެމްޑީޕީ މާޔޫސްކަމުގެ ރަޖާ ލައިގެން އޮށްވައި ރަޖާގަނޑު ދަށުން ނުކުމެ ހިތްވަރުކޮށްގެން މޭޔަރުކަމުގެ ގޮނޑި ހޯދައިދީ ޕާޓީއަށް ރޫހު ގެނުވައިދިނީ އޭނާ ކަމަށެވެ.
އާޒިމްގެ އެވާހަކަފުޅާ ގުޅިގެން އެމްޑީޕީގެ ސީނިޔާ އިސް ފަރާތްތަކުންނާއި، ޕާޓީގެ ފައުންޑަރުން ގެންދަވަނީ އާޒިމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު