އަލްމަރުޙޫމް އަޙްމަދު އަޒްމީލް
އަލްމަރުޙޫމް އަޙްމަދު އަޒްމީލް
ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ބާ އިންޖީނުގޭގެ ސްވިޗް ގިއަރަކަށް ދިމާވި މައްސަލައެއް ހައްލު ކުރަމުން ދަނިކޮށް ހިނގި ޙާދިސާގައި ހަށިގަނޑުގެ ބޮޑުބައެއް ފިހުނު ސްޓެލްކޯގެ މުވައްޒަފަށް ބެންކޮކް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

ސްޓެލްކޯއިން ބުނީ، ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ބާ އިންޖީނުގޭގައި މިދިޔަ ނޮވެމްބަރު މަހުގެ 26ގައި ހިނގި ހާދިސާގައި ކަރަންޓުގައި ޖެހި ފިހުނު ސްޓެލްކޯގެ 43 އަހަރުގެ އަޙްމަދު އަޒްމީލް އިތުރު ފަރުވާއަށް އެއާ އެމްބިއުލާންސެއްގައި ތައިލެންޑުގެ ބެންކޮކް ހޮސްޕިޓަލަށް ގެންދިޔައީ، މިދިޔަމަހުގެ 30 ގައި ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަޒްމީލް ނިޔާވެފައިވަނީ މިއަދުއެވެ. އޭނާ ވަނީ ސްޓެލްކޯ އަށް 21 އަހަރު ޚިދުމަތް ކޮށްދީފައެވެ.



އަޒްމީލް ބެންކޮކް ހޮސްޕިޓަލަށް ބަދަލުކުރީ، ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީ، ފަހުން އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރުމަށްފަހު އެވެ. އަޒްމީލްގެ ފަރުވާގެ ހުރިހާ ޚަރަދެއް ކޮށްފައިވަނީ ސްޓެލްކޯއިންނެވެ.

ސްޓެލްކޯއިން ވަނީ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެ، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށްވެސް ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު