އައްޑޫ ސިޓީ، ހިތަދޫގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެެވެ.
އަލިފާނުގެ ހާދިސާ ހިނގީ އައްޑޫ ސިޓީ ހިތަދޫ "އާޔާވިލާ" ގޭގައެވެ. ރޭ ހިނގި އަލިފާނުގެ މި ހާދިސާ ހިނގައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މި ހާދިސާގައި އެގެއަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެގޭގައި ދިރިއުޅޭ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހިފައިވެއެވެ.
އައްޑޫ ސިޓީ ކައުންސިލުން އެކްސް (ކުރިން ޓްވިޓަރ) ގައި ކުރި ޕޯސްޓެއްގައި ބުނީ އަލިފާނުގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކަށް ކައުންސިލުން ވަގުތުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްފައިވާ ކަމަށާއި ހާދިސާގައި ހާލުގައި ޖެހުނު އާއިލާއަށް ވަގުތީ ހައްލެއް ލިބިފައިވާ ކަމަށެވެ.
މީގެ އިތުރުން، އެ ގެއަށާއި އެތެރޭގައި ހުރި މުދަލަށް ލިބުނު ގެއްލުން ބަލައި، އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އާ ގުޅިގެން ސިޓީ ކައުންސިލުން ދަނީ މަސައްކަތް ކުރަމުންނެވެ. އަލިފާން ރޯވި ސަބަބެއް އަދި ސާފެއް ނުވެއެެވެ.

ކިޔުންތެރިންގެ ހިޔާލު