މާމަ އާއި ކާފަ އާއެކު ވަގުތު ހޭދަކުރަނީ
މާމަ އާއި ކާފަ އާއެކު ވަގުތު ހޭދަކުރަނީ
މާމާ އަދި ކާފަމެންމާ ގާތް ގުޅުމެއް ބާއްވާ ކުދިންނަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ، އަދި ދިމާވާ ހާލަތްތަކާ ހަރުދަނާކަމާއެކު ކުރިމަތިލާ ކުދިންތަކެއް ކަމުގައި ދިރާސާއަކުން ދައްކައިފިއެވެ.

މިއީ ހާވާޑްގެ ސެންޓަރ އޮން ދަ ޑިވެލޮޕިންގ ޗައިލްޑް ގެ ދިރާސާވެރިން ހަދާފައިވާ ދިރާސާއެކެވެ.

މި ދިރާސާއިން ދައްކާ ގޮތުގައި އެހީތެރިކަމާއި ހަރުދަނާކަން ދެމިހުންނަ ގުޅުންތަކަކީ ކުޑައިރުގައި ކުރިމަތިވާ ސްޓްރެސް އާ ދެކޮޅަށް ވަރަށް ގަދަފަދަ ހިމާޔަތެކެވެ.

މިފަދަ އޯގާތެރި ގުޅުންތަކުން ނާރުތަކުގެ ނިޒާމު ހަމަޔަކަށް އެޅުވުމަށް އެހީވެ، އަދި ކުއްޖާ ނަފްސާނީ ގޮތުން ދުޅަހެޔޮކޮށް ތަރައްގީވުމަށް މަގުފަހިކޮށްދޭ ކަމަށް ދިރާސާއިން ހާމަވެއެވެ.

ކާފަ މާމައިންނަކީ ގިނަ ފަހަރު މިފަދަ ހަމަޖެހޭ އަދި އޯގާތެރި މާހައުލެއް ފޯރުކޮށްދޭ ބައެކެވެ. އެހެންކަމުން، ކާފަ މާމައިންނާ ގަވާއިދުން ބައްދަލުކޮށް ގުޅުން ބާއްވާ ކުދިންގެ މެދުގައި މާޔޫސްވުން މަދުވެ، ސްޓްރެސްއަށް އިޖާބަދޭ ގޮތް ހަމަޖެހިފައި ހުންނައިރު، އަދި އެހެން މީހުންނަށް އޯގާތެރިވުން އިތުރުކަން ފާހަގަ ކުރެވޭ ކަމަށް ހާވާޑުގެ ދިރާސާގައި ވެއެވެ.

ވީމާ ކޮންމެ ކުއްޖަކީވެސް މާމަ ކާފައާއެކު ވަގުތު ހޭދަކޮށް ބޮޑުވާ ކުއްޖަކަށް ހެދުމަށް ކޮންމެ މައެއްވެސް އަދި ބަފައެއްވެސް މަސައްކަތް ކުރަން ޖެހެއެވެ. ދަރިންނަށް އުފާވެރި ހަަމަޖެހޭ މުސްތަގުބަލެއް ހޯދައިދޭން ބޭނުންވާނަމަ އާއިލީ ގުޅުންތައް ބަދަހި ކުރަން ޖެހެއެވެ. މިކަމާ މެދު ފުންކޮށް ވިސްނާލައި، ތިމާގެ ދަރިން އެކުދިންގެ މާމަ ކާފައާ ދުރުނުކޮށަ ބޮޑު ކުރުމަށް ކޮންމެ ބެކެނިވެރިޔަކުވެސް މަސަައްކަތް ކުރަން ޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު