މަސްވެރިންގެ އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ އަމީންއާންމު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު (މަޓޭ) ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެެވެ.

އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހްމަދު މައުރޫފް އެކްސް މިރޭ ވިދާޅުވީ މައުރޫފް ފުލުހުންގެ ބަންދުން ދޫކޮށްލައިފި ކަމަށާއި، އޭނާ މިވަގުތު އޮތީ ހޮސްޕިޓަލުގައި ކަމަށެވެ. އަދި މުޒާހަރާގައި، ބަންދުކުރި އެހެން ހުރިހާ ފަރާތްތަކެއް ޝަރުތެއް ނެތި މިނިވަންކުރުމަށް ތަކުރާރުކޮށް ގޮވާލާކަމަށް އޭނާ ވިދާޅުވިއެެވެ.

މީގެ އިތުރުން، މައުރޫފް ވިދާޅުވީ މަސްވެރިންނާއެކު އެކަށީގެންވާ މަޝްވަރާއެއް ފަށައި، އެމީހުންގެ ކަންބޮޑުވުންތައް ދެނެގަނެ ހައްލުކުރުމަށް، މި ސަރުކާރަށް ގޮވާލާކަމަށެވެ. އެއީ ޒިންމާދާރު އަދި ތަހުޒީބީ ސަރުކާރެއްގެ ހައިސިއްޔަތުން ކުރަންޖެހޭ ކަމެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަސްވެރިންގެ މުޒާހަރާގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހު މައުރޫފު ހައްޔަރުކޮށް ބަންދަށް 5 ދުވަސް ވަނިކޮށް، މިއަދު ހޮސްޕިޓަލަށް ގެންގޮސް އެމެޖެންސީއެއްގައި އޮޕަރޭޝަނެއް ވަނީ ކޮށްފައެވެެ.



ކިޔުންތެރިންގެ ހިޔާލު