އާމިނިޔާގައި މާޝިއަލް ލޯ އިއުލާންކޮށް ލަޝްކަރީ ސިފައިން އިތުރު ކުރުމުގެ މަސައްކަތުގެ ތެރެއިން. (ފޮޓޯ: ރެއުޓަރސް)
އާމިނިޔާގައި މާޝިއަލް ލޯ އިއުލާންކޮށް ލަޝްކަރީ ސިފައިން އިތުރު ކުރުމުގެ މަސައްކަތުގެ ތެރެއިން. (ފޮޓޯ: ރެއުޓަރސް)
އާމީނިޔާ އާއި އަޒަރްބައިޖާންގެ ސަރަހައްދީ ރޮނގުގެ ސަރަހައްދެއް ކަމަށްވާ ނަގޯރްނޯ ކްރަބާޚްގައި، ދެގައުމުގެ ދެމެދުގައި ހަމަނުޖެހުން ހިނގައި ހޫނު ހަމަލާ ތަކެއް ބަދަލުކޮށް ދެގައުމުގެ އެތައް ބަޔަކު ޒަހަމްވެ ގިނަ ބަޔަކު މަރުވެއްޖެއެވެ.

އަލްޖަޒީރާ ނިއުސްގެ ރިޕޯޓްތައް ބުނާގޮތުގައި، 1990ގެ އަހަރުތަކުގައި ދެގައުމުގެ ދެމެދުގައި ހިނގާދިޔަ ހަނގުރާމަތައް ނިމުނު އިރު ދުނިޔޭގެ ގާނޫނު ބުނާގޮތުން ނަގޯރްނޯ ކްރަބާޚް ސަރަހައްދަކީ އަޒަރްބައިޖާންގެ ދަށުގައިވާ ސަރަޙައްދެކެވެ. ނަމަވެސް ނަގޯރްނޯ ކްރަބާޚްގެ އާބާދީގެ ބޮޑުބައެއް ހިއްސާ ކުރަނީ އާމީނިޔާގެ މީހުންނެވެ. މިގޮތުން މިސަރަހައްދުގައި ދިރިއުޅޭ އާމީނިޔާގެ މީހުން އާމީނިޔާގެ އެހީތެރިކަމާއެކު އަމިއްލަ ދައުލަތެއް އުފައްދައިފަވާކަމަށްވެސް އަލްޖަޒީރާ ނިއުސް ގައި ހާމަކޮށްފައިވެއެވެ.

ނަގޯރްނޯ ކްރަބާޚް ސަރަހައްދުގައި ދެގައުމުން ހަމަލާ ބަދަލް ކުރުމަކީ ޒަމާނުއްސުރެ ހިނގަމުން އަންނަ ކަމެކެވެ. 2016 ވަނަ އަހަރު ދެގައުމުގައި ހިނގި ހަމަ ނުޖެހުމުގައިވެސް އެތައްބަޔަކު މަރުވެފައިވެއެވެ. އެންމެ ފަހުގެ ހަމަނުޖެހުމުގައި ހަމަލާ ބަދަލް ކުރަން ފެށިފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. މިހަމަލާ ތަކުގައި ދެގައުމުގެ 16 ވަރަކަށް ސިފައިން މަރުވެ 100 އެއްހާ އާންމުން ޒަހަމްވެ އެތައް އާންމުންނެއް މަރުވެފައިވާކަމަށްވެސް އަލްޖަޒީރާ ނިއުސް ގައި ހާމަކޮށްފައިވެއެވެ.

މިފަހަރުގެ ހަމަނުޖެހުންތައް ފަށައި ފުރަތަމަ ހަމަލާތައް ބަދަލުކުރީ އަޒަރްބައިޖާނުން ކަމަށް އާމީނިއާއިން ތުހުމަތު ކުރެއެވެ. މިގޮތުން އަޒަރްބައިޖާންގެ ދެ ހެލިކޮޕްޓަރަކާއި 3 ޑްރޯންއަކަށް ފުރަތަމަ ހަމަލާދެވުނު ކަމަށް އާމީނިއާއިން ބުނެފައިވެއެވެ. މިކަމާ ގުޅޭގޮތުން އާމީނިޔާގެބޮޑު ވަޒީރު ފޭސްބުކް މެދުވެރިކޮށް އާމިނިޔާގެ މީހުންނަށް ގައުމު ހިމާޔަތް ކުރުމަށް ތައްޔާރުވެ ތިބުމަށް ގޮވާލައި މާޝަލް ލޯ އިއުލާންކޮށް އާމީނިއާގެ ލަޝްކަރީ ސިފައިން ތައްޔާރު ކޮށްފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

މިކަމާ ގުޅޭގޮތުން އަޒަރްބައިޖާންގެ ރައީސް ޓީވީ މެދުވެރިކޮށް ވާހަކަ ދައްކަވަމުން، މިހަމަލާތަށް ފެށުމުގެ ތުހުމަތުތައް އާމީނިއާއަށް ކޮށްފައިވެއެވެ. އަދި އާމީނިއާގެ ހަމަލާތަކަށް ރައްދުދީ އަޒަރްބައިޖާންގެ ނަގޯރްނޯ ކްރަބާޚް ސަރަހައްދު ހިމާޔަތް ކުރާނެ ކަމަށްވެސް ހާމަކޮށްފައިވެއެވެ.

އަލްޖަޒީރާ ނިއުސްގެ ރިޕޯޓްތައް ބުނާގޮތުގައި، މިސަރަހައްދަކީ ދުނިޔޭގެ އެކިހިސާބައް ތެޔޮ އަދި ގޭހުގެ ބާވަތްތައް ގެންދިއުމަށް ދަތުރުކުރާ ސަރައްހައްދަކަށް ވުމުން، އާމީނިޔާ އާއި އަޒަރްބައިޖާނާ ދެމެދުގައި ހިނގާ ހަމަނުޖެހުންތަކުގެ ސަބަބުން ގައުމުތަކަށް ވަނީ ބިރުވެރިކަން ކުރިމަތިވެފައެވެ. މިއާއެކު ދެގައުމުގެ ދެމެދުގައި ހަމަލާތައް ހުއްޓައި، ސުލްޙައިގެ ވާހަކަތައް ފެށުމަށް އެކިގައުމުތަކުން ވަނީ ގޮވާލާފައެވެ.

އާމީނިޔާ އާއި އަޒަރްބައިޖާނާ ދެމެދުގައި ބަދަލު ކުރެވެމުންދާ ހަމަލާތައް ހުއްޓާލައި، ސުލްޙައިގެ ވާހަކަތައް ފެށުމަށް، ޔޫރަޕިއަން ކައުންސިލް (އީޔޫ)ގެ ރައީސް ޗާލްސް މައިކަލް އަދި އަލިފްދާލުގެ ސެކްރެޓަރީ ޖެނެރަލް ގޮވާލައްވާފައިވާކަމަށް އަލްޖަޒީރާ ނިއުސް ގައި ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން