ރައީސް ޑރ. މުހައްމަދު މުއިއްޒު ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ބާއްވާ ބައްދަލުވުން މި ހަފްތާގެ ބުދަ ދުވަހުގެ ރޭ އޮންނާނެއެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުން އޮންނާނީ 17 ޑިސެންބަރު 2025 ވާ ބުދަ ދުވަހުގެރޭ 8:30 ގައި، ސޯޝަލް ސެންޓަރުގައި ކަމަށެވެ.
މި ބައްދަލުވުމުގައި ބައިވެރިވުމުގެ ދައުވަތު ހުރިހާ ދިވެހި ވިޔަފާރިވެރިންނަށް ވަނީ އަރުވާފައެވެ.
މިއީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ޚިޔާލާއި މަޝްވަރާ ހޯއްދަވާ، ރައްޔިތުން ކަންބޮޑުވާ ކަންކަން ޙިއްސާ ކުރައްވާ، ބޭނުންފުޅުވާ ކަންކަން ސީދާ އަޑުއެއްސެވުމަށް ރައީސް ޑރ. މުޢިއްޒު ބާއްވަވާ ސިލްސިލާ ބައްދަލު ކުރެއްވުންތަކުގެ ތެރެއިން ކުރިއަށް ގެންދަވާ ބައްދަލުކުރެއްވުމެއް ކަަމަށް ހީނާ ވަނީ ވިދާޅުވެފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ގެންދަވަނީ މާލޭގެ ހުރިހާ އަވަށްތަކުގައި ވަކިވަކިން ބައަދަލުވުންތައް ބާއްވަމުންނެވެ. މިބައްދަލުވުންތަކުގައި ރައްޔިތުން ބޭނުންވާ ކަންކަން ސީދާ ރައީސަށް ހުށައެޅުމުގެ ފުރުޞަތު ލިބެއެވެ.
މިހާތަނަށް ރައީސް ވަނީ ވިލިމާލެ، މައްޗަންގޮޅި، މާފަންނު އަދި ހެންވޭރުގެ ރައްޔިތުންނާއެކު ބައްދަލުވުން ކުރިއަށް ގެންދަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު