ތަފާތު ބަލިތަކަށް ޅެމުން ފަރުވާ ލިބޭނެ ކަމަށް މި ސަރުކާރުގެ ވަޒީރަކު ވިދާޅުވިޔަސް ރަފީއުގެ ލަވަ ކިޔައިގެންވެސް ފަރުވާ ނުލިބޭތީ، ރައީސް ގަލޮޅުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގައި ޢާއްމު ރައްޔިތަކު ޝަކުވާ ކޮށްފިއެވެ.
ރައީސް ރޭ ގަލޮޅު ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ޢާއްމު ރައްޔިތަކު ވަނީ، ޅެން ކިޔައި، ލަވަ ކިޔައި، ރައިވަރު ކިޔައި އަދި ބަންޖެއް ކިޔުމުން ވެސް ބަލި ރަނގަޅު ނުވި ކަމަށާއި، ނަމަވެސް ރައްޔިތުންނަށް "ޅެމުން ފަރުވާ" ދެމުންދާ ކަމަށް ބުނެ، މި ސަރުކާރުގެ ވަޒީރެއް ރައްޔިތުންނަށް އޮޅުވާލާފައިކަމަށް ތުހުމަތު ކޮށްފައެވެ.
ހަމައެއާއެކު މިސަރުކާރުގައި އިސްކޮށް ތިބީ ރައްޔިތުންނަށް ގަރުދިޔަ ބޯންދޭ މީހުންނާއި، ޅެމުން ފަރުވާދޭ މީހުން ކަމަށްބުނެ ރަނގަޅު ވާހަކައެއް ދައްކަވަން އެނގޭ އިސްމީހަކު ސަރުކާރުގައި ނެތްކަމަށް އޭނާ ބުނެފައިވެއެވެ.
"އަޅުގަނޑު ރައިވަރެއް ކިޔައިފިން. ޅެމެއް ކިޔައިފިން. ބައްޔެއް ރަނގަޅެއްނުވި. އެކަމު ވިދާޅުވީ ޅެމުން ފަރުވާ ލިބޭނެ ވާހަކަ. ނުވި. ލަވައެއްވެސް ކިޔައިފިން. ކިޝޯރު ކުމާރުގެ ލަވައެއް ކިޔައިފިން. ނުވި. ރަފީޢުގެ ލަވައެއް. ނުވި. ރައިވަރެއް. ނުވި. ބަނޖެއް ކީމަ ރަނގަޅެއްނުވި. އެކަމަކު ހަމަ ޅެމުން ފަރުވާދެނީ އަޅުގަނޑުމެންނަށް." އޭނާ ބުނެފައިވެއެވެ.
ހަމައެއާއެކު އޭނާ ވަނީ ޑޮލަރުގެ ރޭޓް މިހާރުހުރީ ރައްޔިތުން އަތްފޯރާ ހިސާބުގައި ނޫން ކަމަށާއި، ރައްޔިތުން ތިބީ ސަލާންޖަހާ ޙާލަތުގައި ކަމަށްވެސް ބުނެފައެވެ. އެގޮތުން އެމްއެމްއޭގެ ގަވާއިދުގައި ޑޮލަރު މާރުކުރެވޭ ރޭޓާއި ގަނެވޭ ރޭޓް ކަނޑައަޅާފައި އޮތް ނަމަވެސް، ޑޮލަރު ގަނެވިއްކުމުގެ ހުއްދަ ދީފައިވާ ތަންތަނުން ޑޮލަރު ވިއްކަނީ 20.20 ރުފިޔާ ނުވަތަ 20.25 ރުފިޔާއަށް އަށް ކަމަށް އޭނާ ވަނީ ބުނެފައެވެ.
އެހެންކަމުން ރައްޔިތުން މިހާރު ގަބޫލުކުރަނީ ސަރުކާރުގެ ރަސްމީ ޑޮލަރު ރޭޓަކީ 20.00 ރުފިޔާ ކަމަށާއި، ނިކަމެތި ރައްޔިތުން ރަސްމީ ރޭޓުގައި ޑޮލަރު ބޭނުންވެގެން މެމްބަރުންނާއި މުއްސަނދިންނަށް ސަލާން ޖަހަން ޖެހިފައިވާ ކަމަށް އޭނާ ތަކުރާރުކޮށް ބުނެފައިވެއެވެ.
"ސަލާން މިޖަހަނީ ހުރިހާ ރައްޔިތުން. ކޮންމެވެސް މިނިސްޓަރަކަށް، ކޮންމެވެސް އެމްޕީއަކަށް، ކޮންމެވެސް މުއްސަނދި މީހަކަށް ސަލާމް ނުޖަހާ އެއްވެސް ދިވެހި ރައްޔިތެއް ނެތޭ ދިވެހިރާއްޖޭގައި." އޭނާ ބުނެފައިވެއެވެ.
އޭގެ އިތުރުން އޭނާ ވަނީ، މިސަރުކާރުގެ ވަޒީރުން ޢަމަލު ކުރަށްވާ ގޮތް ރައީސް ޑރ. މުޢިއްޒު އަމިއްލަފުޅަށް ގާތުން ބައްލަވައި، އަރިހުގައި ތިއްބެވީ އެމަނިކުފާނަށް އިޚުލާސްތެރި ބަޔަކު ނޫންކަން ދެނެވަޑައިގެން މަސައްކަތް ކުރެއްވުމަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު