ބިދޭސީން ރޭގަނޑު ބޭރަށް ނުކުމެއުޅުން އުނދަގޫ ކަމަކަށް ވާންޖެހޭނީ ކުއްލިނުރައްކަލުގެ ޙާލަތުގައި ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރިކޯ މޫސަ މިހެން ވިދާޅުވީ ރޭގަނޑު ވަކި ގަޑިއެއްގެ ފަހުން މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި، ސުވާލުކުރުމަށް ރައީސް މުޢިއްޒު ފުލުހުންނަށް އެންގެވުމާއި ގުޅިގެންނެވެ. ރައީސްގެ އެންގެވުން ފުލުހުން މިހާރު ވަނީ ތަންފީޒު ކުރަން ފަަށާފައެވެ.
އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަޖިލީހުގެ ކުރީގެ ނާއިބް ރައީސް ކަން ކުރެއްވި މޫސާ މަނިކު ވިދާޅުވީ ރާއްޖޭން ސޮއި ކޮށްފައި ހުރި ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ބަލާއިރު، އިންސާނީ ކަރާމާތަށް އިޙްތިރާމް ކުރާން ދިވެހިރާއްޖޭންވެސް ޖެހޭނެ ކަމަށެވެ. އެގޮތުން، ޓެކްސް ދައްކައިގެން ގެސްޓްހައުސްތަކާއި، ހޮޓާތަކުގައި އުޅޭ ބިދޭސީންނާއި، ވިސާ ލިބިގެން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންވެސް ރޭގަނޑާއި ދުވާލު މަގުމަތީގައި އުޅޭނެ ކަމަށް މޫސަ ވިދާޅުވިއެވެ.
މޫސަ އިތުރަށް ވިދާޅުވީ، އަޅުގަނޑުމެން ދިވެހިންވެސް އަވައްޓެރި ޤައުމުތަކަށް ގޮސް އުޅޭއިރު ރޭގަނޑުވެސް ބޭރަށް ނުކުމެއުޅޭ ކަމަށެވެ. އެހެންކަމުން، ރާއްޖޭގައި އުޅޭ ބިދޭސީންނަށް އަމާޒުކޮށްގެން ރޭގަނޑު ވަކިގަޑިއެއްގައި ބޭރަށް ނުކުމެއުޅުން އުނދަގޫ ކަމަކަށް ވާންޖެހޭނީ ކުއްލިނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައި އޮތް ހާލަތުގައި ކަމަށް ދެކެވަޑައިގަންނަވާ ކަމަށް މޫސަ ވިދާޅުވިއެވެ. ބިދޭސީއަކަށްވީތީ ތަފާތުކުރުމަކީ މިރާއްޖޭގައި ޢާއްމުކަމަކަށް ވެގެންނުވާނެ ކަމަށްވެސް މޫސަ ވިދާޅުވިއެވެ.
މޫސަ ވަނީ މަތިންދާބޯޓު ޓިކެޓެއް ގަންނައިރުވެސް ބިދޭސީންނަށް އަގުބޮޑުކުރާއިރު، އެފަދަ ތަފާތެއް އެހެން ޤައުމުތަކުން ދިވެހިންނާ މެދަކު ގެންގުޅެފައިނުވާ ކަން ފާހަގަކުރައްވާފައެވެ.
ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެެއްގައި ވިދާޅުވީ މިރެއިން ފެށިގެން ދަންވަރު 12:00 އިން ފެށިގެން ހެނދުނު 06:00އާ ހަމައަށް އާންމު ތަންތަނުގައާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި ސުވާލުކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް އަންގަވާފައިވާ ކަމަށެވެ. އަދި ފާހަގަވާ ކަންކަމާ ގުޅިގެން ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅެއްވާނަމަ އެ ފިޔަވަޅު އެޅުމަށް މިރެއިން ފެށިގެން ފުލުހުންނާއި ކަމާބެހޭ އެހެން އިދާރާތަކުން މަސައްކަތް ފަށަން އަންގަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ރައީސް މުޢިއްޒު އެގޮތަށް އެންގެވީ ދިވެހިރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން ބައެއް ފަރާތްތަކުން ރޭގަނޑުގެ ދަންވަރުގެ ވަގުތުތަކުގައި ރަށުތެރޭގެ އާންމު މަސްލަހަތު ގެއްލޭ ކަންކަން ކުރަމުންދާތީއާއި އާންމު އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފަށް އުޅެމުންދާކަމަށް ބުނެ މާލޭގެ އަވަށު ބައްދަލުވުމެއްގައި ރައްޔިތަކު އެމަނިކުފާނު އަރިހުގައި ޝަކުވާ ކޮށްފައިވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު