ދަންވަރު 12 ގެ ފަހުން މަގުމަތީގައި އުޅޭ ބިދޭސީ މަސައްކަތްތެރިން ހުއްޓުވައި ޗެކްކޮށް ސުވާލުކުރުމުގެ ޢަމަލުތައް ހުއްޓާލުމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު، ޑރ. އަޙްމަދު ޝަމްހީދު، ގޮވާލައްވައިފިއެވެ.
ޑރ. ޝަމްހީދު މިކަން ހުއްޓާލުމަށް ގޮވާލެއްވީ، މިއީ ޤާނޫނާ ޚިލާފު އަދި ނަސްލީ ތަފާތުކުރުމުގެ ޢަމަލުތަކެއް ކަމަށް ވިދާޅުވެ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޑރ. ޝަމްހީދު ވިދާޅުވެފައިވަނީ، މިފަދަ ނަސްލީ ތަފާތުކުރުމުގެ ޢަމަލުތައް ވަގުތުން ހުއްޓާލަން ޖެހޭ ކަމަށެވެ. ބިދޭސީ މަސައްކަތްތެރިންނަށް ޚާއްސަކޮށްގެން ރޭގަނޑު ހިންގާ ޗެކް ކުރުންތަކަކީ ޤާނޫނާ ޚިލާފު އަދި ޤާނޫނުއަސާސީއާ ވެސް ޚިލާފު ޢަމަލުތަކެއް ކަމަށް ޑރ. ޝަމްހީދު ވަނީ ފާހަގަކުރައްވާފައެވެ.
ޑރ. ޝަމްހީދު ވަނީ ފުލުހުން ޤާނޫނަށް ތަބާވާން ޖެހޭނެ ކަމަށާއި، ރައީސް މުޢިއްޒު ވެސް ޤާނޫނަށްވުރެ މަތީގައި ނުހުންނެވޭނެ ކަމަށެވެ. މީގެ އިތުރުން، މިކަމުގައި މިހާރު ޢަމަލީ ފިޔަވަޅު އަޅުއްވައި ދެއްވުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީޖީ)، އަދި ރައްޔިތުންގެ މަޖިލީހުގެ އިންސާނީ ހައްޤުތަކާ ބެހޭ ކޮމިޓީއަށް ޑރ. ޝަމްހީދު ވަނީ ގޮވާލައްވާފައެވެ.
މިސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޝަމްހީދު ވަނީ އިނގިރޭސިވިލާތުގެ މަގުތަކަށް މިފަދަ ހުކުމެއް އައިސްފިނަމަ ހިތަށް އަރާނީ ކީކޭތޯ ސުވާލު ކުރަށްވާފައެވެ.
"މިސަރުކާރުން ބިދޭސީންދެކެނީ ޖަނަވާރުންގެ ގޮތުގައި، އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނެތް. ކޮންދީނެއް ގަބޫލް ކުރާބަޔެއްތޯ ތީ!" ޝަމްހީދު ވިދާޅުވިއެވެ.
ރެއިން ފެށިގެން ދަންވަރު 12:00 އިން ފެށިގެން ހެނދުނު 06:00އާ ހަމައަށް އާންމު ތަންތަނުގައާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި ސުވާލުކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ރައީސް ވަނީ އަންގަވާފައެވެ. އަދި ފާހަގަވާ ކަންކަމާ ގުޅިގެން ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅެއްވާނަމަ އެ ފިޔަވަޅު އެޅުމަށް މިރެއިން ފެށިގެން ފުލުހުންނާއި ކަމާބެހޭ އެހެން އިދާރާތަކުން މަސައްކަތް ފަށަން އަންގަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ރައީސް މުޢިއްޒު އެގޮތަށް އެންގެވީ ދިވެހިރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން ބައެއް ފަރާތްތަކުން ރޭގަނޑުގެ ދަންވަރުގެ ވަގުތުތަކުގައި ރަށުތެރޭގެ އާންމު މަސްލަހަތު ގެއްލޭ ކަންކަން ކުރަމުންދާތީއާއި އާންމު އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފަށް އުޅެމުންދާކަމަށް ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު