ބަހާ ސަގާފަތާ ތާރީޚާ އަދި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްސަ ކުދި ފިލްމުތައް އުފެއްދުމުގެ ގައުމީ މުބާރާތެއް ބޮޑެތި އިނާމުތަކާއެކު އަންނަ އަހަރު ހުޅުވާލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، އަދަބީ މުބާރަތްތަކާއި އަތުލިޔުމުގެ މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް މުޢިއްޒު ވިދާޅުވީ ސަގާފަތާ ތަރިކައާ ތާރީޚް ކުދިންނަށް އުނގަންނައިދިނުމުގައި ޒަމާނީ ގޮތްތައް ލިބިގަތުން މުހިއްމު ކަމަށެވެ. އެގޮތުން ދުނިޔޭގެ އެހެނިހެން ބަސްތައް ދަސްކޮށްދިނުމުގެ މުހިއްމުކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް އާ ގޮތްތައް އުފައްދަމުންދާ މިޒަމާނުގައި، ރާއްޖޭގައި ކުޑަކުދިން ބަލާނެ ކާޓޫން ފިލްމުތަކާއި، ޤައުމީ އެކި ހާދިސާތަކުގެ ފިލްމުތައް ނެތުން އެއީ ބައެއް ބޭފުޅުން ފާހަގަކުރައްވާ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ދިވެހި ބަހާއި ތަރިކައާއި ތާރީޚު އަދުގެ ކުދިންނަށް އަންގައިދިނުމަށްޓަކައި ގޮންޖެހުންތަކެއް ހުރި ކަމަށެވެ. އެގޮތުން ދުނިޔޭގެ އެހެން ބަސްތައް ދަސްކޮށްދިނުމަށް އައު ގޮތްތައް އުފައްދަމުން ދިޔަނަމަވެސް ރާއްޖޭގައި އެފަދަ ކަންކަން މަދުކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ޚާއްޞަކޮށް ރާއްޖެއިން ބޭރުގައި އުޅުއްވާ ދިވެހި ޢާއިލާތަކަށާއި، ރާއްޖޭގައިވެސް ބެލެނިވެރިން އޮފީހުގައި ގިނަވަގުތު ހޭދަކުރަން ޖެހޭ ޙާލަތްތަކުގައި، ކުޑަކުދިންނަށް ފައިދާހުރި ވަގުތުތަކަށް އެ ވަގުތުތައް ބަދަލުކޮށްލައްވަން ބެލެނިވެރިން ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް އެފަދަ ވަގުތުތަކުގައިވެސް ކުޑަކުދިންނަށް ދައްކާލެވޭނެ ވީޑިއޯ ނުވަތަ ގޭމް ފަދަ ތަކެތި ނެތްކަމުގެ ހަމަ އިޚްލާޞްތެރިކަން ވަރަށް ގިނަ ބެލެނިވެރިން ފާހަގަކުރައްވާކަމަށާއި، މި ބޮޑު ޤައުމީ އުދާސްތަކަށް ހައްލެއް ގެންނަން ބޭނުންފުޅުވާކަމަށް ރައީސް ވިދާޅުވިއެވެ.
މި ކަންކަމަށް ހައްލެއްގެނައުމުގެ ގޮތުން، އަންނަ އަހަރު ބަހާ ސަގާފަތާ ތާރީޚާ އަދި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްސަ ކުދި ފިލްމުތައް އުފެއްދުމުގެ ގައުމީ މުބާރާތެއް ބޮޑެތި އިނާމުތަކާއެކީގައި ހުޅުވާލާނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުކޮށްދިނުމަށްޓަކައި ފޮތް ލިިޔާ ފަރާތްތަކަށް ފޮތް ޗާޕްކުރުމަށްޓަކައި ޚާއްސަ ގޮތްތަކެއް ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް ރޭ ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ ދިވެހި ބަސް އެއް ޖީލުން އަނެއް ޖީލަށް ފޯރުކޮށްދިނުމަށް ބަލާއިރު ކުޑަކުދިންނަށާއި ޒުވާނުންނަށް އަދި އެހެން މީހުންނަށްވެސް ދިވެހި ފޮތް ބޭނުންވާ ކަމަށެވެ. ލިޔުންތެރިންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމުގެ ތެރޭގައި ފޮތް ޗާޕް ކުރުމުގެ ޚަރަދު ބޮޑުވުމުގެ ކަންބޮޑުވުން އެބަ އޮތްކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މައްސަލައަށް ޙައްލެއް ގެނައުމުގެ ގޮތުން އަދި ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުކޮށްދިނުމަށްޓަކައި ފޮތް ލިިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕްކުރުމަށްޓަކައި ޚާއްސަ ގޮތްތަކެއް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު