އިރު ކޭތަ ހިފާފައި
އިރު ކޭތަ ހިފާފައި
އަންނަ އަހަރު ފެބްރުއަރީގައި އިރު ކޭތައެއް ހިފާނެ ކަމަށް ދައްކައިފިއެވެ.

ނުޖޫމީ އިލްމުވެރިން ބުނާ ގޮތުގައި ފެބްރުއަރީ 17 ގައި ހިފާނީ ފުރިހަމަ ނޫން ނުވަތަ ޕާޓިއަލް އިރުކޭތައެވެ. މި އިރު ކޭތަ ރާއްޖެއަކަށް ނުފެންނާނެއެވެ.

މި އިރު ކޭތަ ފެންނަ ގައުމުތަކުގެ ތެރޭގައި އާޖެންޓީނާީ, ޗިލީ, ސައުތް އެފްރިކާ ހިމެނެއެވެ.

އިރު ކޭތައެއް ހިފަނީ، ހަނދު އިރާއި ދުނިޔެއާ ދެމެދަށް އައުމުގެ ސަބަބުން އިރުގެ އަލި ދުނިޔެއަށް ނޭޅި، ހަނދުގެ ހިޔަނި ދުނިޔެއަށް އެޅުމުންކަމަށްވާއިރު ނާސާއިން ބުނަނީ މިބިމުގައި ތިބޭ މީހުންނަށް އިރުކޭތަ ފެންނާނީ 2 މިނެޓަށްކަމަށެވެ.

އިހު ޒަމާނުގައި ނަމަ އިރު ކޭތަ ފަދަ ގުދުރަތީ ކަންކަން ވަރަށް ތަފާތު ގޮތްގޮތަށް ގަބޫލުކުރެ އެވެ. މިސާލަކަށް އެއީ ބޮޑު މުސީބާތެެއްގެ އަސަރެވެ.



ކިޔުންތެރިންގެ ހިޔާލު