އުމުރުން 13 އަހަރުގެ ދަރިފުޅުގެ ފޮޓޯ ޓިކްޓޮކުގައި ޖަހައި ވިއްކަން ގޮވި މައްސަލާގައި އެކުއްޖާގެ މަންމަ ރައީސް އަށް ޝަކުވާ ހުށައަޅަނީ
އުމުރުން 13 އަހަރުގެ ދަރިފުޅުގެ ފޮޓޯ ޓިކްޓޮކުގައި ޖަހައި ވިއްކަން ގޮވި މައްސަލާގައި އެކުއްޖާގެ މަންމަ ރައީސް އަށް ޝަކުވާ ހުށައަޅަނީ
އުމުރުން 13 އަހަރުގެ ދަރިފުޅުގެ ފޮޓޯ ޓިކްޓޮކުގައި ޖަހައި ވިއްކަން ގޮވި މައްސަލާގައި އެކުއްޖާގެ މަންމަ ރައީސް ޑރ މުއްއިޒައް ޝަކުވާ ކޮށްފިއެވެ.

ހުޅުމާލެ ފޭސް އެކެއްގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ރެހެންދި ސްކޫލްގައި ބޭއްވި ބައްދަލުވުމުގައި ރައީސް މުއިޒާއި މުހާތަބުކޮށް ވާހަކަ ދައްކަމުން އޭނާ ވަނީ އެހެން މީހުންގެ ދަރިން، ދަރިންނަށް ނުވަނީ ކީއްވެތޯ ބުނެ ރައީސާ ސުވާލު ކޮށްފައެވެ.

"ކީއްވެތޯ އެހެން މީހުންގެ ދަރިން ދަރިންނަށް ނުވަނީ, މިފަދަ ބޮޑު ކަމެއް ހިގައިގެން ދިޔައިރު ސްޕީޑް ބާރުކޮށް ފިޔަވަޅުނޭޅިން މިއުޅެނީ ކީއްވެ؟" އޭނާ ބުންޏެވެ.

ކުއްޖާގެ މަންމަ އިތުރަށް ބުނީ އޭނާގެ ދަރިފުޅުގެ ފޮޓޯ ލައި ވިއްކާލަން ޓިކްޓޮކްގައި ޖެހި ކުއްވެރިޔާ އަދިވެސް ހުރީ މިންވަންކަން މަތީ ކަމަށެވެ.

"އަޅުގަނޑު ނުދާ އެއްވެސް މިނިސްޓްރީއެއް ނުހުނާނެ, މައްސަލަ ނުޖައްސާ އެއްވެސް މުއަސަސާއެއް ނޯންނާނެ, ތަކުރާރުކޮށް ކުއްވެރިޔާ ހައްޔަރުކޮށް ވަނީ ދޫކޮށްލާފައި" އޭނާ ވަރަށް އަސަރާއި އެކު ބުންޏެވެ.

އޭނާ އިތުރަށް ބުނީ ރައީސްގެ ދަރިކަލަކަށް ދެރަ ބަހެއް މީހަކު ބުނުމުން ފެމަލީ ކޯޓާއި އަދި އެހެން ކޯޓުތަކުން ބާރު ސްޕީޑުގައި މައްސަލަބަލާކަމަށެވެ.

"މިއީ މުޅި ދުނިޔެއަށް ފާޅުވެގެން ހިންގި ކުށެއް މި ކުށުގެ ވާހަކަ އަޅުގަނޑު ދައްކާނަން" އޭނާ ބުންޏެވެ.

މިދިޔަ އޮގަސްޓް 23 ވަނަ ދުވަހު އުމުރުން 13އަހަރުގެ ދަރިފުޅުގެ ފޮޓޯ ޓިކްޓޮކުގައި ޖަހައި ވިއްކަން ގޮވި މައްސަލަ ފުލުހުން ބެލިއެވެ. ނަމަވެސް ކުއްވެރިޔާ މިހާރުވެސް ހުރީ މިނިވަންވެފަ ޕިޓޫއިޓަރީއެވެ.



ކިޔުންތެރިންގެ ހިޔާލު