ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު
ފްލެޓްތައް އަގުހެޔޮ ކުރުމުން އެޗްޑީސީ އަށް ލިބޭ ގެއްލުން ސަރުކާރަށް ރޭކާލީ މާފަހުން ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު، ޑރ. އަޙްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މީޑިއާއެއްގައި ޑރ. ޝަމްހީދު ވިދާޅުވީ ސަރުކާރުގެ ސިޔާސަތެއް އޮތްނަމަ އެޗްޑީސީގެ ޚަރަދު ހަމަޖައްސަން 1 ބިލިއަން ރުފިޔާ ބަޖެޓުން ބޭރުން ދޭން ނުޖެހުނީސް ކަމަށެވެ. އަދި އާ ފްލެޓްތައް އަޅަން ހުރި ފައިސާ ދޭންޖެހިފައިވަނީ، ފްލެޓް އަގު ހެޔޮކުރުމުން ލިބުނު ގެއްލުން ފޫބައްދަން ކަމަށެވެ.

"އެހެންވީމަ އާ ފްލެޓެއް ނޭޅުނު ރައްޔިތުންނަކަށް މި އަހަރު ނިމުނުއިރު. ބަޖެޓު ނެތުނީމައެއް ނޫން އެނގޭނީ ކަންކަން ރާވާނަމަ ބޭނުންވާ ވަރަށް ފައިސާ ނެތްކަން ސަރުކާރަށް. ފްލެޓްތައް އަގުހެޔޮ ކުރުމުން އެޗްޑީސީ އަށް ލިބޭ ގެއްލުން ރޭކާލީ މާ ފަހުން."ޑރ. ޝަމްހީދު ވިދާޅުވިއެވެ.

އޭގެ އިތުރުން ޑރ. ޝަމްހީދު ވިދާޅުވީ ހުޅުމާލެއަށް ދިމާވެގެން އުޅޭ އެންމެ ބޮޑު މައްސަލަ އަކީ ހުޅުމާލޭގެ ބެލެނިވެރި ފަރާތް ސާފު ނުވުން ކަމަށެވެ.

"އެޗްޑީސީގެ ތަންތަނަކީ ރިއަލް އެސްޓޭޓް އުސޫލުން ހުރި ތަންތަން. ހުޅުމާލެ މަގުތަކަކީ އެޗްޑީސީ ބިމަށް ވެގެން ނުވާނެ. ޕާކާއި ފަޅަކީ އެޗްޑީސީ ތަންތަނަށް ވެގެން ނުވާނެ." ޑރ.ޝަމްހީދު ވިދާޅުވި އެވެ.

ޑރ. ޝަމްހީދު މިހެން ވިދާޅުވެފައިވާއިރު ރައީސް މުޢިއްޒު ދާދިފަހުން ވިދާޅުވެފައިވަނީ، ހުޅުމާލޭގެ ބެލެނިވެރިކަމާ ޙަވާލުވުމަށް ސިޓީ ކައުންސިލް ތައްޔާރު ނޫން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު