މާލެ ސަރަހައްދުގައި ވައްކަން ކުރުމާއި، ތަކުރާރުކޮށް ކުށްކުރާ ހާހެއްހާ މީހުން އުޅޭކަމަށް ލަފާކުރެވޭ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކޮށްފިއެވެ.
މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ރަޝީދު ވިދާޅުވީ، މިއަހަރުގެ ތެރޭގައި 3،449 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު މީގެ ތެރޭގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް ގިނަ ކަމަށެވެ.
"ވައްކަމާއި ފޭރުމުގެ 1،425 މައްސަލަ ހުށަހަޅާފައިވާއިރު މީގެ ތެރޭގައި ގިނައީ ވައްކަމުގެ މައްސަލަތައް. އޭގެ ތެރޭގައިވެސް ސައިކަލުތައް ވަގަށް ނެގުން ގިނަ." ރަޝީދު ވިދާޅުވިއެވެ.
ތަކުރާރުކޮށް ވައްކަން ކުރުމުގައި ހަރަކާތްތެެރިވާ މީހުންގެ ތެރޭގައި ގިނައީ މަސްތުވާތަކެތި ބޭނުންކުރާ މީހުން ކަމަށްވެސް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ. އޭގެއިތުރުން މިއަހަރުގެ ތެރޭގައި 967 ސައިކަލެއް ވަގަށް ނެގި ކަމަށް ރިޕޯޓްކޮށްފައިވާއިރު 865 ސައިކަލު ހޯދައި، އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފައިވެއެވެ.
"ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި މިއަހަރުގެ ތެރޭގައި ހުށަހެޅި މައްސަލަތަކުގައި 50،483،610 ރުފިޔާ ވަނީ އަނބުރާ ހޯދާފައި." ރަޝީދު ވިދާޅުވިއެވެ.
ފުލުހުން ބުނީ، މިއަހަރުގެ ތެރޭގައި ވައްކަމާއި ފޭރުމުގެ 2،288 މައްސަލައެއް ބަލައި، 2،542 މައްސަލައެއް ނިންމާފައިވާ ކަމަށެވެ. އަދި 107 މައްސަލައެއްގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު