600 މީޓަރުގެ އެއަރ ސްޓްރިޕަކާ އެކު ސީޕްލޭނުގައި ފުރޮޅު ހަރުކޮށްގެން ދަތުުރުކުރެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ސީޕްލޭން ސައިޒުގެ ބޯޓުތައް ރާއްޖޭގައި މިހާރު ބޭނުން ކުރަމުން އަންނަނީ ރިސޯޓްތަކަށް ފަތުރުވެރިން އުފުލުމަށެވެ.

ރޭ ކުރިއަށް ދިޔަ "ޔޫތް ކޮފީ ވިތް ޕްރެސިޑެންޓް" އިވެންޓުގައި ބައިވެރިންގެ ހިޔާލަކާއި ގުޅިގެން ރައީސް ވިދާޅުވީ ރަށްރަށުގައި އެއަރޕޯޓު އެޅުމުގެ ބަދަލު ގައި ހަތްސަތޭކަ މީޓަރުގެ އެއަރ ސްޓްރިޕަކާ އެކު ސީޕްލޭނު ގައި ފުރޮޅު ހަރުކޮށްގެން ދަތުުރުކުރެވޭނެ ކަމަށެވެ.

"ރޭގަނޑު ސީ ޕްލޭންގައި އޮޕަރޭޝަން ނުހިންގޭނެ. އެހެންކަމުން އެއީ އެޑްރެސް ކުރަންޖެހޭ އެއް ކަންތައް، ބޮޑެތި ރަށްރަށުގައި، އެއަރ ސްޓްރިޕެއް ހަދައި، ސީޕްލޭން ސައިޒުގެ ބޯޓުތަކުގައި ފުރޮޅު ހަރުކޮށް ޖެއްސޭނެ ގޮތަށް ހެދި ދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެގޮތަށް ހެދުމުން ބޮޑު އެއަރޕޯޓެއް އެކަމަށް ބޭނުން ނުވާނެ ކަމަށާއި ވަރަށް ގިނަ ރަށްތަކުގައި ރޭގަނޑު ވެސް ބޯޓު ޖެއްސޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު