މި ފަހަކަށް އައިސް ވައިގެ މަގުންނާއި ކަނޑު މަގުން، އަވަނާއި ތެލިފަދަ ތަކެތީގައި މަސްތުވާތަކެތި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރަމުންދާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް، ހެޑް އޮފް ޑްރަގް އެންޑް ސަބްސްޓެންސް ކޮންޓްރޯލް، އަހުމަދު ނާއިފް ވިދާޅުވީ، ސައުތު އީސްޓް އޭޝިޔާ ސަރަހައްދުގައި ދިވެހިން ޤާއިމްވެ ތިބެގެން މަސްތުވާތަކެތި ރާއްޖެއަށް ފޮނުވުމުގެ މަސައްކަތްތައް ކުރަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ.
އެގޮތުން އެއާ ކާގޯ އާއި، ސީ ކާގޯ މެދުވެރިކޮށް އިލެކްޓްރިކް އައިޓަމްތަކާއި ބަދިގޭގައި ގެންގުޅޭ ސާމާނުތަކުގެ ތެރޭގައި ހިމެނޭ އަވަނާއި ތެލިފަދަ ތަކެތީގެ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި ފޮނުވަމުންދާކަން ފާހަގަވެފައިވާ ކަމަށް ނާއިފް ވިދާޅުވިއެވެ. ނާއިފް ވަނީ، ދުނިޔޭގެ ކޮންމެ ސަރަހައްދެއްގައި ޤާއިމްވެގެން ތިބި ކަމުގައި ވިޔަސް އެފަދަ ޖިނާއީ ކުށްކުރާ ފަރާތްތައް އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރެގެން ވިޔަސް، ރާއްޖެ ގެނެސްގެން ތަހުގީގު ހިންގާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.
އޭގެ އިތުރުން މިއަދުގެ ނޫސް ކޮންފަރެންސްގައި ނާއިފް ވަނީ މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ތަހުގީގު ކޮށްފައިވާ މަސްތުވާތަކެތީގެ 648 މައްސަލައެއްގެ ތެރެއިން 335 މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށްވެސް ވިދާޅުވެފައެވެ.
އަދި މި ވަގުތު ޑްރަގް އެންފޯސްމެންޓްގައި ތަހުގީގު ކުރިއަށްދާ 33 މައްސަލައިގެ ތެރޭގައި މަސްތުވާތަކެތި ޓްރެފިކް ކުރުމާއި ގެންގުޅުމާއި ބޭނުންކުރުމުގެ މައްސަލަތައް ހިމެނޭއިރު ފައިނޭންޝަލް އިންވެސްޓިގޭޝަންގެ 30 މައްސަލައެއްގެ ތަހުގީގުވެސް ކުރިއަށް ދާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު