1992 ވަނަ އަހަރު ބަބްރީ މިސްކިތައް ހަމަލާދީ ތަޅާލުމުގައި ހަރަކާތްތެރިވަނީ
1992 ވަނަ އަހަރު ބަބްރީ މިސްކިތައް ހަމަލާދީ ތަޅާލުމުގައި ހަރަކާތްތެރިވަނީ
އިންޑިއާގެ ބާބަރީ މިސްކިތާއި އެމިސްކިތް ހުންނަ އަޔޯދިޔާ އަވަށް ބިމާ ހަމަކޮށްލިތާ 28 އަހަރު ފަހުން އެމައްސަލައިގެ ޖިނާއީ ދަޢުވާގެ ބައިގެ ހުކުމް މިއަދު އިއްވާނެ ކަމަށް އެގައުމުގެ މީޑިއަތަކުން ބުނެފިއެވެ.

އިންޑިއާގެ އުއްތަރު ޕްރްދޭޝްގެ އަވަށެއް ކަމަށްވާ އަޔޯދިޔާގައި ހުންނަ ބާބްރީ މިސްކިތާއި ގުޅިގެން ހިނގި ހަމަނުޖެހުމުގައި އެމިސްކިތާއި އެމިސްކިތް ހުންނަ އަޔޯދިޔާ އަވަށް ތަޅާ ސުންނާފަތި ކޮށްލީ 1992 ވަނަ އަހަރުގައެވެ. މި ކަމުގައި އިސްކޮށް ހަރަކާތްތެރިވީ ވިޝްްވަ ހިންދޫ ޕަރިޝާދް (ވީއެޗްޕީ) ގެ ހިންދޫ ދީނުގެ ގިނަ އެކްޓިވިސްޓުންނެވެ. އެމީހުން ގަބޫލު ކުރާ ގޮތުގައި ބާބްރީ މިސްކިތް ހުރީ ހިންދޫ ދީނުގައި އެމީހުން ގަބޫލު ކުރާ ކަލާނގެ އެއް އުފަންވި ސަރަހައްދެއްގައެވެ. ބާބްރީ މިސްކިތައް ހަމަލާދީ ތަޅާލި މައްސަލައިގައި އިންޑިއާގެ ހިންދޫ އިންނާއި މުސްލިމުންނާ ދެމެދު ހަމަނުޖެހުން ހިނގައި 2000 ވަރަކަށް މީހުން މަރުވެފައިވާ ކަމަށް އިންޑިއާގެ މީީޑިއާތަކުން ބުނެއެވެ.

މިމައްސަލައިގައި އިންޑިއާގައި ވެރިކަން ކުރާ ޕާޓީ، ބަހާރަތިޔާ ޖަނަތާ ޕާޓީ އަށް ނިސްބަތްވާ 32 މީހަކަށް ތުހުމަތު ކުރެވޭކަމަށްވެސް އިންޑިއާގެ ކޯޓުތަކާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ހާމަ ކުރެއެވެ. ނަމަވެސް ބަހާރަތިޔާ ޖަނަތާ ޕާޓީ އަށް ނިސްބަތްވާ 25 މީހުންގެ ވަކީލު، ކޭކޭ މިޝްރާ ބުނެފައިވަނީ އެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކީ ދޮގު ތުހުމަތެއް ކަމަށްވުމުން އެމީހުން ދޫކޮށްލެވެން ވާނެއެވެ.

28 އަހަރު ފަހުން އިންޑިއާގެ ޚާއްޞަ ކޯޓެއްގައި މިމައްސަލައަށް ގޮތެއް ނިންމުމަށް ކަނޑައެޅިފައި ވާތީ އިންޑިއާގެ ގިނަ ބައެއްގެ ފާޑުކިޔުން އިންޑިއާގެ ޝަރުޢީ ނިޒާމަށް ވަނީ އަމާޒުވެފައެވެ. އަދި މިމަައްސަލައިގައި ތުހުމަތު ކުރެވޭ ގިނަ މީހުންނަކީ 90 އަހަރާ ގާތްކުރާ ދުވަސްވީ މީހުންނަށް ވެފައި، އެމީހުންގެ ސިއްހީ ހާލަތު މިހާރު ކޯޓަށް ހާޒިރުވެ އުޅުމަށް ތަންނުދޭތީ އެމީހުން ކޯޓަށް ހާޒިރު ނުވުމަކީ އެކަށީގެންވާ ކަމެއްކަަމަށްވެސް ގިނަ ބަޔަކު ދެކެއެވެ. ނަމަވެސް އިންޑިއާގެ ކޯޓުތަކުގެ ގަވާއިދުތައް ބުނާގޮތުގައި މައްސަލަ ނިންްމައި ހުކުމް ކުރުމަށް، މަައްސަލައިގަ ތުހުމަތު ކުރެވޭ އެއްމެން ކޯޓަށް ހާޒިރުވާން ޖެހެއެވެ.

އިންޑިއާގެ ހާއްސަ ކޯޓަކުން މިމައްސަލަ ބަލައި 30 ސެޕްޓެމްބަރުގެ ނިޔަލަށް ހުކުމް އިއްވުމަށް، އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ މިދިޔަ މަހު ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން