ދިވެހި ގައުމީ އަންހެން ވޮލީ ޓީމް-
ދިވެހި ގައުމީ އަންހެން ވޮލީ ޓީމް-
އޭޝިއާގެ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް، ވިމެންސް ކާވާ ކަޕް 2025 ގެ ފައިނަލްގައި މިރޭ ވާދަކުރާ ދިވެހި އަންހެން ޤައުމީ ވޮލީ ޓީމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހިތްވަރުދެއްވައިފިއެވެ.

ޖުމްލަ ހަތަރު ގައުމާ އެކު، މާލޭގައި ކުރިއަށްދާ ކާވާ ވިމެންސް ކަޕްގެ ފައިނަލް މެޗުގައި ރާއްޖޭން ކުޅޭނީ ކިރްގިސްތާނާ ދެކޮޅަށެވެ.

ދިވެހި ޓީމަށް ހިތްވަރުދެއްވައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ދިވެހި ޤައުމީ އަންހެން ވޮލީބޯޅަ ޓީމު، ކާވާ ކަޕް 2025 ގައި މޮޅު ކުޅުމެއް ދައްކައި، މުބާރާތުގެ ފައިނަލަށް ދަތުރުކުރުމަކީ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ.

"މިރޭ އޮންނަ ފައިނަލްމެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ދިވެހީންނަށް ލިބުމަކީ އަޅުގަނޑުމެން އެންމެންގެވެސް އުންމީދު. ދިވެހި ރައްޔިތުން މިތިބީ ދިވެހި ޤައުމީ ޓީމާއެކު" ގައުމީ ވޮލީ ޓީމަށް ހިތްވަރު ދެއްވަމުން ރައީސް ވިދާޅުވިއެވެ.

މި މުބާރާތުގެ ފައިނަލަށް ރާއްޖެ ދިޔައީ ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެގެންނެވެ.



ކިޔުންތެރިންގެ ހިޔާލު