ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން އޮޅުވާލައިގެން ފައިސާ ނެގިކަމުގެ ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ) މިއަދު ކޯޓަށް ހާޒިރުނުވުމުން ހުކުމް އިއްވުން ހޮނިހިރު ދުވަހަށް ފަސްކޮށްފިއެވެ.
ކޭ ޕާކް ހަދާ ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭ ފްލެޓްތައް ވިއްކާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ އަތުލި ކަމަށް ތުހުމަތުކޮށް މަންޑޭގެ މައްޗަށް މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ ދައުލަތުން ކުރެއެވެ. އެ މައްސަލާގައި އޭނާގެ އެޕާޓްމެންޓާއި އޭނާގެ އަގު ބޮޑެތި ސާމާނުތަކެއް ފުލުހުން ވަނީ ހިފަހައްޓާފައެވެ.
ހުކުމާ ހަމައަށް ގޮސްފައިވާ އެ މައްސަލައިގެ މިއަދުގެ އަޑުއެހުމަށް މަންޑޭ ހާޒިރެއް ނުވެއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ މިއަދުގެ އަޑުއެހުން މާތްﷲއަށްޓަކައި ވެސް ފަސްކުރަން މަންޑޭގެ ފަރާތުން އެދި ސިޓީއެއް ފޮނުވި ކަމަށެވެ. ނަމަވެސް ޝަރީއަތް އޮންނާނެކަން އޭނާއަށް އެންގުމުން ވެސް ހާޒިރުނުވި ކަމަށް ގާޒީ ވިދާޅުވިއެވެ. އެހެންކަމުން ކޯޓަށް ހާޒިރުނުވާ މީހުންނާ މެދު އަމަލުކުރާ އުސޫލުން މަންޑޭއާ މެދު އަމަލުކުރާނެ ކަމަށް ގާޒީ ވަނީ ވިދާޅުވެފައެވެ.
މިދިޔަ ޖޫންމަހު ވެސް މަންޑޭ ކޯޓަށް ހާޒިރު ނުވާތީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކުރިއެވެ. ނަމަވެސް ފަހުން ކޯޓުން ވަނީ އޭނާ ބަންދުން ދޫކޮށްލާފައެވެ.
ކޭޕާކުން އެޕާޓްމަންޓް ވިއްކުމުގައި މަކަރާއި ހީލަތް ހަދާފައިވާ މައްސަލާގައި، މަންޑޭގެ މައްޗަށް އުފުލާފައިވަނީ ޓެކުމުގެ 50 ދައުވާއަކާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާގެ އިތުރުން ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އާއި މަނީ ލޯންޑްރިންގެ އެއް ދައުވާއެވެ. މި ދައުވާތައް އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ 40 އަހަރުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އެބައޮތެވެ. މަންޑޭގެ އިތުރުން މި މައްސަލަތަކުގައި ރ. އަލިފުށީ ކިނާރާ ޖައިޝަން ސައީދުގެ މައްޗަށް ވެސް 95 ދައުވާއެއް ދަޢުލަތުން އުފުލާފައިވެއެވެ.
މަންޑޭ ވަނީ ކޭޕާކުގެ 41 އެޕާޓްމަންޓް 107 މީހުންނަށް ވިއްކުމުގެ ނަމުގައި މީހުންގެ އަތުން އޮޅުވާލައިގެން މަކަރާ ހީލަތުން އެތައް ފައިސާއެއް ނަގާފައިކަމަށް ހަމްބޯ ކުންފުނިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު