މިވެރިކަން ނިމުމާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީވާން ޖެހިވަޑައިގަންނަވާނެ ކަމަށް ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ މީޑިއާއެއްގައި ވަކީލު ނިޝާން ވިދާޅުވީ، ރައީސް މުޢިއްޒު އަމާޒު ހިފާފައި ހުރީ ޑިފެންސަކަށް ގާނޫނުތައް ނެގުން ކަމަށެވެ. ނިޝާން ވިދާޅުވީ ގާނޫނު ހަދައިގެން ގާނޫނު ބަދަލުކޮށްގެން ކަންކަން ކުރިކަމުގައި ވިޔަސް މުއިއްޒު ޖަވާބުދާރީވެ ވަޑައިނުގެން ސަލާމަތްވެވަޑައި ނުގެންނެވޭނެ ކަމަށެވެ.
"ހުރަހަކަށް ގާނޫނު ނެގި ނަމަވެސް މިވެރިކަން ނިމުމާއެކު ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީވާން ޖެހިވަޑައިގަންނަވަން ޖެހޭނެ، ވެރިކަމަށް ދެ އަހަރުވެގެން ދިޔައިރު ބޮޑަށް ފާހަގަވެގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާ ވިސްނަވާ، ރައީސުލްޖުމްހޫރިއްޔާގެ މިވެރިކަމުގެ ބާކީ މިއޮތް ތިން އަހަރު ދުވަސް ނިމިގެން ދާއިރު ދެން ރައީސުލްޖުމްހޫރިއްޔާ ނިމުނީއޭ، ދެން އާދެވޭކަށް ނެތޭ ކަންތައްތައް ހިނގާ ގޮތުން." ނިޝާން ވިދާޅުވިއެވެ.
ރައީސް މުއިއްޒު ބޭނުންފުޅުވަނީ ބޭނުންވާ ގޮތަށް ބާރުތައް ނަންގަވައިގެން ކަންކަން ކުރައްވަން ކަމަށާއި މިއަދު ދައްކަވާ ވާހަކަ މާދަމާ އެހެން ގޮތަކަށް ދެއްކެވުމުން ރައްޔިތުން ގަބޫލު ކުރާނެ ކަމަށް ހީފުޅުވިޔަސް ދިވެހި ރައްޔިތުންނަކީ ގަމާރުން ނޫން ކަމަށް ނިޝާން ވިދާޅުވި އެވެ.
ނިޝާން ވިދާޅުވީ އަސާސީ ހައްގުތަކަށް އަރައިގަތުމަށްވުރެ ވޭންދެނިވި ކަމެއް އިންސާނީ ތަބީއަތުގައި ފިތުރީގޮތުން ނޯންނާނެ ކަމަށެވެ.
"ގާނޫނު ތަކުގެ ބެލެނިވެރިއަކީ މުޢިއްޒު ކަމަށް ހީފުޅުވިޔަސް އެކަން އެގޮތަށް ނުވާނެ، މުޢިއްޒު ގެންދަވަނީ ފާޅުގައި އަސާސި ހައްގުތަކަށް ވެސް އަރައިގަންނަމުން،" އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު