ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން މިއަދު ހެނދުނު 9:00 ގައި ފަށައިފިއެވެ.
މިއަދު ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާ މި ޕްރައިމަރީގައި ޖުމްލަ 308 ކެންޑިޑޭޓުން ވާދަކުރެއެވެ. މީގެ ތެރޭގައި ކައުންސިލްތަކަށް ވާދަކުރާ 183 ކެންޑިޑޭޓުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރާ 121 ކެންޑިޑޭޓުން ހިމެނެއެވެ.
ޕީއެންސީގެ އިންތިހާބީ މެނޭޖަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވީ، ހުރިހާ ދާއިރާއަކަށް ވެސް އެ ޕާޓީގެ ކެންޑިޑޭޓުން ވާދަކުރާނެ ކަމަށާއި، ޕްރައިމަރީގެ ވޯޓުލުން އޮންނާނީ، އެ މީހަކު ނިސްބަތްވާ ރަށެއްގައި އެކަނި ކަމަށެވެ.
ޕީއެންސީގެ މެންބަރުންގެ ޢަދަދު މިހާރުވަނީ 70 ހާހަށްވުރެ މައްޗަށް ގޮސްފައެވެ.
އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުގައި ޖުމްލަ 1،362 މީހުން މަޤާމުތަކަށް އިންތިޚާބު ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު