އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި ތިނަދޫ ސިޓީގެ މޭޔަރު ކަމަށް ވާދަކުރުމަށް ބޭނުންވާ ޓިކެޓް ޕްރައިމަރީއަކާ ނުލައި އަބޫބަކުރު ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު އަޖީބަށް ލިބިއްޖެއެވެ.
ކައުންސިލް އިންތިހާބަށް ޕީއެންސީން ނެރޭނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ޕީއެންސީގެ އެތެރޭގެ އިންތިޚާބު މިއަދު ކުރިއަށް ދާއިރު ތިނަދޫ ސިޓީގައި ޕްރައިމަރީ ނުބާއްވައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ތިނަދޫގެ މޭޔަރު ކަމަށް ޝައުޤުވެރިކަން ފާޅުކުރެއްވި ފަރާތްތަކުން ވަނީ އެކި ސަބަބުތައް މެދުވެރިވެގެން ނަން އަނބުރާ ގެންގޮސްފައެވެ. އެހެންކަމުން އަބޫބަކުރު ސްކޫލްގެ ޕްރިންސިޕަލް އަޖީބަށް ވަނީ ޕްރައިމަރީއާ ނުލައި ޓިކެޓް ލިބިފައެވެ.
ޕީއެންސީގެ ޓިކެޓް އަޖީބަށް ކަށަވަރު ވެފައިވާއިރު، އިދިކޮޅު އެމްޑީޕީގެ ފަރާތުން ތިނަދޫ ސިޓީގެ މޭޔަރު ކަމަށް ވާދަކުރެއްވުމަށް ނިންމަވާފައިވަނީ މިހާރުގެ މޭޔަރު ސައުދު އަލީ އާއި އަހުމަދު ނަސީރެވެ.
އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ 2026، ޖެނުއަރީ 15 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު